ރޭގެ މެޗްގައި މި ސީޒަންގައި ޔުނަޢިޓެޑާއި އަލްށް ގުޅުނު ކަވާނީ އަތުން ބޯޅަ ހޯދުމަށް ޗެލްސީގެ ކަންޓޭ މަސައްކަތް ކުރަނީ
ރޭގެ މެޗްގައި މި ސީޒަންގައި ޔުނަޢިޓެޑާއި އަލްށް ގުޅުނު ކަވާނީ އަތުން ބޯޅަ ހޯދުމަށް ޗެލްސީގެ ކަންޓޭ މަސައްކަތް ކުރަނީ
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވެ، ފަހަތުން އަރައި ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް ލިވަޕޫލް ކުރިހޯދައިފިއެވެ.

ވާދަވެރި ދެކްލަބްގެ ދެމެދުގައި ކުޅުނު މި މެޗް އެއްވަރުވީ 0-0 ގެ ނަތީޖާއިންނެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުން ވަނީ މޮޅު ކުޅުމެއްކުޅެ ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. އެގޮތުން ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް ފޮނުވާލި ދެ ހަމަލާއެއް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީ ދިފާއުކުރިއިރު ބްރޫނޯ ފަނާންޑޭސް ފޮނުވާލި ހަމަލާއެއް ވެސް އޭނާ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ޔުނައިޓެޑުން ވަނީ ދާދި ފަހުން އެ ޓީމާ ގުޅުނު އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީއަށް ކުޅުމުގެ ފުރުސަތު ދީފައެވެ. މި މެޗުގައި ޗެލްސީއަށް ޔުނައިޓެޑްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

މި ނަތީޖާއާއެކު 9 ޕޮއިންޓާ އެކު ޗެލްސީ އޮތީ ލީގުގެ ހަވަނައިގައެވެ. ޔުނައިޓެޑް އޮތީ ޗެލްސީ އަށް ވުރެ އެއް މެޗު މަދުން ކުޅެ 7 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވަޕޫލް ރޭ ކުޅުނު މެޗް ކާމިޔާބުކުރީ 1-2 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފައެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ޝެފީލްޑަށް ލިބުނު ޕެނަލްޓީއަކުން ސަންޑާ ބާޖް ވަނީ އެޓީމަށް ލީޑް ނަގައިދީފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ރޮބާޓޯ ފިރްމީނޯ ގެ ގޯލާ އެކު ލިވަޕޫލުން ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މެޗްގެ ދެވަނަ ހާފްގައި ސަޑިއޯ މާނޭގެ އެހީތެރިކަމާއެކު ޑިއޭގޯ ޔޮޓާ ވަނީ ލިވަޕޫލަށް މި މެޗުގައި ލީޑު ނަގައިދީފައެވެ.

މި މޮޅާއެކު ލިވަޕޫލް އޮތީ 13 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ޝެފީލްޑް އޮތީ ތާވަލުގެ 19 ވަނައިގައި ހަ މެޗުން ލިބުނު އެއް ޕޮއިންޓާ އެކުއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން