ހިންދީ ފިލްމު ޑީޑީއެލްޖޭގައި ރާޖްގެ ގޮތުގައި ފެނިގެންދާ ޝާހްރުކް ޚާން އަދި ސިމްރަންގެ ގޮތުގައި ފެނިގެންދާ ކާޖޯލް
ހިންދީ ފިލްމު ޑީޑީއެލްޖޭގައި ރާޖްގެ ގޮތުގައި ފެނިގެންދާ ޝާހްރުކް ޚާން އަދި ސިމްރަންގެ ގޮތުގައި ފެނިގެންދާ ކާޖޯލް
ހިންދީ ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭންގޭ" ނުވަތަ ޑީޑީއެލްޖޭ، ނެރުނުތާ 25 އަހަރު ފާހަަގަ ކުރުމުގެ ގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި މި ފިލްމު އަލުން ދެއްކުމަށް ނިންމައިފައިވާ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނަސްދޭ ނޫސްތަކުން ހާމަކޮށްފިއެވެ.

ހިންދީ ފިލްމު ޑީޑީއެލްޖޭ ނެރުނުތާ 25 އަހަރު ފާހަަގަ ކުރުމުގެ ގޮތުން މި ފިލްމު އަލުން ނެރުމަށް ހަމަޖެހިފައިވަނީ؛ ޖަރމަނީ، ޔޫއޭއީ، ސައޫދީ އަރަބިޔާ، ގަތަރު، އެމެރިކާ، ޔޫކޭ، ކެނެޑާ، މޮރިޝަސް، ސައުތު އެފްރިކާ، އޮސްޓްރޭލިއަރ، ނިއުޒިލޭންޑް، ފީޖީ، ނޯވޭ، ސްވީޑެން، ސްޕެއިން، ސްވިޒަރލޭންޑް، އެސްޓޯނިއާ އަދި ފިންލޭންޑު ގައެވެ.

މިކަމާ ބެހޭގޮތުން، އިންޑިޔާއިން ބޭރު ގައުމުތަކުގައި މިފިލްމު އެޅުވުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވާ ނެލްސަން ޑިސޫޒާ ބުނެފައިވާގޮތުން، ޑީޑީއެލްޖޭ އަށް ދުނިޔޭގެ ފެންވަރުގައި ލިބިފައިވާ މަގުބޫލުކަމަށް އަމާޒުކޮށް މި ފިލްމު ނެރުނުތާ 25 އަހަރު ފާހަގަ ކުރުމުގެ ގޮތުން އަލުން މި ފިލްމު ދެއްކުމަކީ، އެތައް ހަނދާންތަކެއް އަލުން އާކޮށް ޑީޑީއެލްޖޭގެ ކާމިޔާބީ އަލުން ފާހަގަކޮށްލެވޭނެ ކަމެކެވެ.

4 ކްރޯޑު އިންޑިއާ ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމް ޑީޑީއެލްޖޭ ނެރެފައިވަނީ 1995 ވަނަ އަހަރުއެވެ. މިފިލްމަށް ލިބުނު ކާމިޔާބީއާއެކު، އިންޑިޔާއިން 89 ކަރޯޑު އިންޑިޔަން ރުޕީސްގެ ފައިދާ އަކާއި އިންޑިޔާއިން ބޭރު ގައުމުތަކުން 13 ކްރޯޑުގެ އިންޑިޔަން ރުޕީސްގެ ފައިދާއެއް 1995 ވަނަ އަހަރު އެކަނިވެސް ފިލްމަށް ލިބިފައިވެއެވެ.

އަދި މިހާތަނަށް، ޑީޑީއެލްޖޭއަށް 10 ފިލްމްފެއަރ އެވާރޑުވެސް ލިބިފައިވެއެވެ.

މި ފިލްމުން ރާޖްގެ ގޮތުގައި ފެނިގެންދާ ޝާހްރުކް ޚާން އަދި ސިމްރަންގެ ގޮތުގައި ފެނިގެންދާ ކާޖޯލް ގެެ ޖޯޑަކީ އަދި އަދަށް ދާންދެންވެސް ގިނަބައެއްގެ ތަރުހީބުލިބެމުންދާ ޖޯޑެކެވެ. މި ފިލްމަކީ އެންމެ ގިނަ ދުވަސްވީ ހިންދީ ހިޓް ފިލްމަށް ވެފައިވާއިރު އަލުން މި ފިލްމު ނެރުމަކީ އަނެއްކާވެސް މިފިލްމަށް ބޮޑުކާމިޔާބީއެއް ލިބިގެންދާނެ ކަމެއް ކަމަށް އިންޑިޔާގެ ގިނަ ނޫސްތަކުގައި ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން