އިންޑިޔާގެ ފިލްމީތަރި ތާޕްސީ ޕަންނޫ ދިވެހި ރާއްޖޭގެ ތާޖް އެކްޒޯޓިކާ ރިސޯޓް އެންޑް ސްޕާގަ
އިންޑިޔާގެ ފިލްމީތަރި ތާޕްސީ ޕަންނޫ ދިވެހި ރާއްޖޭގެ ތާޖް އެކްޒޯޓިކާ ރިސޯޓް އެންޑް ސްޕާގަ
އިންޑިޔާގެ ފިލްމީތަރި ތާޕްސީ ޕަންނޫ ދިވެހި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދާކަމަށް އިންޑިޔާގެ ނޫސްތަކުގައި ހާމަކޮށްފިއެވެ. ތާޕްސީ ޗުއްޓީ ހޭދަކުރަމުންދަނީ ތާޖް އެކްޒޯޓިކާ ރިސޯޓް އެންޑް ސްޕާގައެވެ.

ތާޕްސީ އާއެކު އޭނާގެ ދައްތަ ޝަގުން ޕަންނޫ، އިވާނިޔާ ޕަންނޫ އަދި ލޯބިވެރިޔާ މަތިއަސް ބޮއެވެސް ރާއްޖޭގައި ޗުއްޓީހޭދަކޮށްލުމުގައި ބައިވެރިވެއެވެ.

މިމަހު ކުރީކޮޅުން ފެށިގެން ތާޖް އެކްޒޯޓިކާ ރިސޯޓްގައި އޭނާ ޗުއްޓީ ހޭދަ ކުރަމުން ދާއިރު، ރާއްޖޭގައި ހޭދަ ކުރަމުންދާ ދުވަސްތަކާއި ރާއްޖޭގެ ހިއްގައިމުކަން ދައްކުވައިދޭ ރީތި ފޮޓޯތަކުން، ތާޕްސީގެ އިންސްޓަގްރާމަށް ގިނަބައެއްގެ ލޯތައް ވަނީ ހުއްޓިފައެވެ.

2018 ވަނަ އަހަރު ތެލެގޫ ޖުމާންޑި ނާޑަމް އިން ފިލްމީ ދާއިރާއަށް ނުކުތް ތާޕްސީ ވަނީ ތަމިލް، ތެލެގޫ، މަލަޔާލަމް އަދި ހިންދީ ބަހުގެ ފިލްމުތަކުން ފެނިގެން ގޮއްސައެވެ. ތާޕްސީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިއަހަރު ފެބްރުއަރީ މަހު ނުކުތް ފިލްމް "ތައްޕަޅު" އިންނެވެ.

ތާޕްސީގެ އިތުރުން ފިލްމީތަރި މޯނީ ރޯއީ ވެސް ދިވެހި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދާކަމަށް އިންޑިޔާގެ ނޫސްތަކުގައި ހާމަކޮށްފައިވެއެވެ.

ކޮވިޑްގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރުން ކުޑަކުރުމަށް، ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށް ފަހު މިދިޔަ ޖުލައި މަހުގެ 15ގައި ބޯޑަރުތައް އަލުން ހުޅުވައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ރިސޯޓުތައް ހުޅުވުމަށް ވަނީ ހުއްދަދީއެވެ. ދިވެހިރާއްޖޭގެ ބޯޑަރުތައް ހުޅުވުމުން، ބޭރުގެ ގިނަ މަޝްހޫރު ފަންނާނުންތަކެއް ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުންދެއެވެ. ރާއްޖޭގެ ރަށްތައް އުފެދިފައި އޮންނަގޮތުން، ބަލިމަޑު ކަމުގެ ތެރޭގައިވެސް ރާއްޖޭގެ ރިސޯޓުތައް މިވަނީ ރައްކާތެރި މަންޒިލަކަށް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން