ޖަރުމަނުގެ ކެޕްޓަން ޑްރެކްސްލާ
ޖަރުމަނުގެ ކެޕްޓަން ޑްރެކްސްލާ
ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗެއްގައި ރޭ ޖަރުމަނާއި ތުރުކީ ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

މެޗުގެ ފުރަތަމަ ގޯލް ފުރަތަމަ ހާފްގައި ޖަރުމަނަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ޑްރެކްސްލާއެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ. ތުރުކީމް މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 50 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ތުފާންއެވެ.

ތުރުކީން ނަތީޖާ ހަމަހަމަކޮށް މާގިނައިރުތަކެއް ނުވެ ނިއުހަންސްގެ ގޯލުން މެޗުގެ 58 ވަނަ މިނެޓުގައި ޖަރުމަން ވަނީ ކުރި ހޯދާފައެވެ. ނަމަވެސް އަނެއްކާވެސް މެޗުގެ 67 ވަނަ މިނެޓުގައި ތުރުކީ އިން ނަތީޖާ ހަމަހަމަ ކުރީ ކަރަކާގެ ގޯލަކާއެކުގައެވެެ. މެޗުގައި ތިންވަނަ ފަހަރަށް ޖަރުމަނުން ލިޑް ހޯދީ މެޗުގެ 81 ވަަނަ މިނެޓުގައި ޖަރުމަނުގެ ވާލްްޑްސްމިޗް ޖެހި ގޯލުންނެވެ. ނަމަވެސް މެޗުގެ އިތުރުވަގުތުގެ 4 މިނެޓުގެ ތެރޭގައި ތުރުކީގެ ކަރަމަން ވަނީ އިތުރުގޯލެއް ކާމިޔާބުކޮށް ޖަރުމަން މޮޅުވިޔަނުދީ ހިފަހައްޓާފައެވެ.

މެޗު ނިމިގެން ދިޔައީ 3-3 ގެ ނަތީޖާއަކުން އެެއްވަރު ވެގެންނެވެ.

ޔޫކްރެއިންގެ މައްޗަށް ފްރާންސް ކުރި ހޯދީ 7-1 ގެ ނަތީޖާއިން

ރޭ ޔޫކްރެއިން ގެ މައްޗަށް ބޮޑު ތަފާތަކުން ފްރާންސް ކުރިހޯދި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލަކީ އޯވަހެޑް ކިކަކުން ފްރާންސް ގެ ޢުމުރުން 17 އަހަރުގެ ފޯވާޑް އެޑުއާޑޯ ކަމަވިންގާ ކާމިޔާބު ކޮށްދިން ގޯލެކެވެ. މިއީ އޭނާ ފްރާންސްގެ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. މި މެޗުގައި ފްރާންސްގެ 2 ވަނަ ގޯލާއި 3 ވަނަ ގޯލް ކާމިޔާބު ކޮށްދިނީ ޗެލްސީގެ ފޯވާޑް އޮލީވިއާ ޖިރޫޑް އެވެ. ފްރާންސްގެ 4 ވަނަ ގޯލަކީ މެޗުގެ 39 ވަނަ މިނެޓުގައި ޔުކްރެއިންގެ މައިކްރެންކޯގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މެޗުގެ 65 މިނެޓުގައި ފްރާންސްގެ 5 ވަނަ ގޯލް ކާމިޔާބު ކޮށްދިނީ ޓޮލީސޯއެވެ. އަދި މެޗުގެ 6 ވަނަ ގޯލް ގްރީޒްމަންގެ އެހީތެރިކަމާއެކު ކާމިޔާބު ކުރީ އެމްބާޕޭ އެވެ. މެޗުގައި ފްރާންސްއިން ޖެހި 7 ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 89 ވަނަ މިނެޓުގައި ގްރީޒްމަންއެވެ. މިމެޗުގައި ޔޫކްރެއިން އިން ޖެހި ހަމައެކަނި ގޯލް އެ ޓީމަށް މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސައިގަންކޮވްއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން