ކްރިސްޓިއާނޯ ރޮނާލްޑޯ (ކ) އާއި ލިއޮނަލް މެސީ (ވ)
ކްރިސްޓިއާނޯ ރޮނާލްޑޯ (ކ) އާއި ލިއޮނަލް މެސީ (ވ)
މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ އެއް ގްރޫޕެއްގައި ބާސެލޯނާ އާއި ޔުވެންޓަސް ހިމެނުމުން، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ކުރިމަތިލުމެއް ޗެމްޕިއަންސް ލީގުގައި ފެންނާނެކަން ކަށަވަރުވެއްޖެއެވެ.

މިރޭ ސްވިޒަލެންޑުގެ ނިޔޯނުގައި ބޭއްވި ޗެމްޕިއަންސް ލީގު ގުރުނެގުމުގައި، ފުޓުބޯޅަ ސަޕޯޓަރުން އެންމެ ބަލާލަން ބޭނުންވާ ދެ ކުޅުންތެރިންގެ ކުރިމަތިލުން ފެންނާނެކަން ކަށަވަރުވީ، މުބާރާތުގެ ގްރޫޕް ޖީގައި ބާސާ އާއި ޔުވެންޓަސް ހިމެނުމުންނެވެ. 2018 ވަނަ އަހަރު ރެއާލް މެޑްރިޑް ދޫކޮށް ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވި ފަހުން ދަނޑުމަތިން އެ ދެ ކުޅުންތެރިންގެ ކުރިމަތިލުމެއް އަދި ފެނިފައެއް ނުވެއެވެ.

ގްރޫޕް ޖީގައި ބާސާ އާއި ޔުވެންޓަސް ހިމެނުނުއިރު، ދެން މި ގްރޫޕުގައި ހިމެނެނީ ޑީނަމޯ ކިއެވް އާއި ފެރެންސްވަރޮޝީއެވެ.އެތުލެޓިކޯ މެޑްރިޑާއި، ސާލްޒްބާގް އަދި ލޮކޮމޯޓިވް މޮސްކޯ އާ އެކު މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ހިމެނުނީ ގްރޫޕް އޭގައެވެ. ގްރޫޕް ބީގައި ހިމެނެނީ ރެއާލް މެޑްރިޑާއި، ޝަޚްތަރު ޑޮނެސްކާއި، އިންޓަ މިލާން އަދި ބޮރޫޝިއާ މޮންޗެންގްލަޑްބަކެވެ. އަދި ގްރޫޕް ސީގައި ހިމެނެނީ ޕޯޓޯ އާއި، މެންޗެސްޓާ ސިޓީ އާއި، އޮލިމްޕިއާކޯސް އަދި މާސޭއެވެ.

މުބާރާތުގެ ގްރޫޕް ޑީގައި ލިވަޕޫލާއި، އަޔަކްސް އާއި، އެޓަލާންޓާ އަދި މިޗީލޭންޑް ހިމެނޭއިރު، ގްރޫޕް އީގައި ހިމެނެނީ ސެވިއްޔާ އާއި، ޗެލްސީ އާއި، ކްރޮސްނޮޑާރް އަދި ރެނެސްއެވެ. ގްރޫޕް އެފްގައި ޒެނިތާއި، ބޮރޫޝިއާ ޑޯޓްމުންޑާއި، ލާޒިއޯ އަދި ކުލަބު ބްރޫޖް ލައްވާލިއިރު، ގްރޫޕް އެޗުގައި ހިމެނެނީ މިދިޔަ ސީޒަނުގެ ރަނަރަޕް ޕީއެސްޖީ އާއި، މެންޗެސްޓާ ޔުނައިޓެޑާއި، އާރްބީ ލެއިޕްޒީގް އަދި އިސްތަންބޫލް ބަޝަކްޝެހީރެވެ.

މިރޭ ހަފްލާގައި މިއަހަރުގެ ޔޫއެފާ މުބާރާތްތަކުގެ ގުރުއަތު ނެގުމުގެ އިތުރުން މިދިޔަ އަހަރުގެ މުބާރާތްތަކުގެ އެންމެ މޮޅު ކުޅުންތެރިން އިއުލާން ކޮށްފައިވެއެވެ. އޭގެ އިތުރުން ޔޫއެފާ ރައީސް އެލެކްސެންޑްރާ ކެފެރިންގެ ހާއްސަ އިނާމު ޑީޑީއާ ޑްރޮގްބާއަށް ވަނީ އަރުވައިފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން