ރޭގެ މެޗްގައި ގޯލް ޖެހުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިން
ރޭގެ މެޗްގައި ގޯލް ޖެހުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިން
ކަރަބައޯ ކަޕުގެ ތިންވަނަ ބުރުން މެންޗެސްޓަރ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ 3 ވަނަ ބުރުން ޔުނައިޓެޑް ޖާގަ ހޯދީ ހަތަރުވަނަ ބުރުގައި ލުޓޮންޓައުން އާ ބައްދަލުކުރި މެޗު 3-0 ކުން ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހުއާން މާޓާ އެވެ. ޔުނައިޓެޑުގެ ދެވަނަ ގޯލާއި ތިންވަނަ ގޯލު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރުމަށް ފަހު މާކަސް ރަޝްފޯޑް އާއި މޭސަން ގްރީންވޫޑް އެވެ.

މި މެޗުގައި އެންމެ ބޮޑަށް ވިދާލާފައިވަނީ މެންޗެސްޓާ ޔުނައިޓެޑަށް އަލަށް ކުޅުނު ކީޕަރު ޑީން ހެންޑަސަންއެވެ. އޭނާވަނީ މި މެޗުގައި އާދަޔާޚިލާފް މޮޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުން މޮޅުވުމާއި ގުޅިގެން މެންޗެސްޓާ ޔުނައިޓެޑް ދެން ބައްދަލު ކުރަން ޖެހޭނީ ބްރައިޓަން ނުވަތަ ޕްރެސްޓަން އާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން