މޯލްޑިިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިިވްސް މަނިޓަރީ އޮތޯރިޓީ
ރާއްޖޭގެ ހުރިހާ މާލީ އިދާރާތަކުން ނަގާފައި ހުރި ދަރަނި ތަކުގެ އިންޓަރެސްޓް އަދި ޕްރިންސިޕަލް 6 މަސް ދުފަހަށް ފަސްކޮށްދިނުމަށް ކުރަންޖެހޭ ޤާނޫނީ އެންމެހާ މަސައްކަތްތައް މިހާރު ކޮށްނިމިގައިވާ ކަމުގައި ރާއްޖޭގެ މާލީ ވުޒާރާއިން ބުނެފިއެވެ.

ސަރުކާރުން ބުނީ އެމްއެމްއޭ އާއި، ސަރުކާރު ގުޅިގެން މިފަދަ މަސައްކަތް ތަކެއް ކުރި ނަމަވެސް ވަކިވަކި މާލީ އިދާރާތަކުން މޮރެޓޯރިއަމް ދިނުމުގައި ވަކި ގޮތެއް ނިންމާނީ އެ ދާރާއަކުން ކަނޑައަޅާ ގޮތްތަކެއްގެ މަތީން ކަމަށެވެ.

ސަރުކާރު ހިއްސާވާ ބޭންކް އޮފް މޯލްޑިވްސް އަދި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ނަގާފައިހުރި ދަރަނީގެ ޕްރިންސިޕަލް ތަކާއި އިންޓްރަސްޓް ޕޭމަންޓްތައް ހަމަސް ދުވަހުގެ މުއްދަތަށް ފަސްކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ސަރުކާރުގެ ރިލީފް ޕެކޭޖުގެ ތެރޭގައި ހިމެނޭ މިކަމުގައި އިސްތިސްނާ ކުރެވިފައިވަނީ ކްރެޑިޓް ކާޑު ޕޭމަންޓުތަކާއި، އޯވަރޑްރާފްޓްތަކުގެ ޕޭމަންޓްތައް އެކަންޏެވެ. އަދި ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި އަރާ އިންޓަރެސްޓަށް އިންޓަރެސްޓް ކޮމްޕައުންޑް ނުކުރަން ވެސް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން