މާލޭގައި މިހާރު ވިއްކާ އެންމެ ކޮލިޓީ އަދި ތަފާތު ރަހަތައް ހިމެނޭ ދުނިޔޭގެ ނަން މަޝްހޫރު"މޫވް އެން ޕިކް" ގެ އައިސް ކްރީމް ސީދާ ގޭދޮށަށް ގެންގޮސްދޭ ޑެލިވަރީގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

2017 ވަނަ އަހަރުން ފެށިގެން މާލޭގައި ޚިދުމަތް ދޭ މޫވް އެން ޕިކްގެ މި ޚިދުމަތާއި ބެހޭ ގޮތުން "ރަސް އޮންލައިނަށް" އަށް މަޢުލޫމާތު ދެއްވަމުން މޫވް އެން ޕިކް ގެ ފަރާތުން ވާހަކަދެއްކެވި އަދުހަމް ވިދާޅުވީ އެ ފަރާތުން މިވަގުތު ގޭގެއަށް ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތް ފެށުމުގެ އެންމެބޮޑު ބޭނުމަކީ ރައްޔިތުން ގޭގައި ތިބޭއިރު "މޫވް އެން ޕިކް" ގެ އައިސް ކްރީމާއި އައިސް ކްރީމްގެ އުފެއްދުންތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމެވެ.

"އަޅުގަނޑުމެން އެބަ ގެންގުޅެން 9 ފްލޭވަރގެ އައިސްކްރީމާއި، 4 ޑްރިންކްސް. މިއަދު ޑެލިވަރީގެ ޚިދުމަތް ދޭން ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ މިހާރު ކުރިމަތިވެފައި މިވާ ބަލިމަޑުކަމުގެ ސަބަބުން ރައްޔިތުން ގޭގައި ތިބުމަށް އިތުރަށް ބާރު އެޅުން. މިހާރު އަތްފޯރާ އަގެއްގައި އައިސްކްރީމް ބޮވޭނޭ ފަސޭހަ އިންތިޒާމެއް މޫވް އެން ޕިކް ގެ ފަރާތުން މި ހަމަޖައްސައިދިނީ. އަޅުގަނޑުމެން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ގޭގައި ތިއްބަވާށޭ. އަޅުގަނޑުމެން ގޭގެ ދޮރާ ހަމައަށް އައިސްކްރީމް ފޯރުކޮށްދޭނަމޭ." އަދުހަމް ވިދާޅުވިއެވެ.



ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ މޫވް އެން ޕިކުން ވަނީ އެ ފަރާތުން ޑެލިވަރީ ކޮށްދޭ އައިސްކްރީމާއި، ޑްރިންކްސް ގެ ދެ މެނޫ އެއް ވެސް އާންމުކޮށްފައެވެ. ހެނދުނު 11:00 އިން ފެށިގެން ރޭގަނޑު 11:00 އަށް ޑެލިވަރީގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ނިންމާފައިވާއިރު، މިޚިދުމަތް އެންމެ ފަސޭހައިން ލިބޭނީ 9561012 ނަމްބަރު ފޯނާ ގުޅުމުންނެވެ. އޭރޫން ސީދާ ގޭގެ ދޮރާށްޓާއި ހަމައަށް އައިސްކްރީމް ޑެލިވަރ ކޮށްދޭނެއެވެ. އައިސްކްރީމް ބެއްލެވުމަށް ބޭނުންވާ ބޭފުޅުންނަށް މިހާރު އެއްވެސް ވަރަކަށް ގެއިން ބޭރަށް ނުކުމެވަޑައިގަންނަވާކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން