އަހުމަދު ޔާމިން   17 ސެޕްޓެމްބަރު 2020 - 13:44
ރިއަލް މެޑްރިޑްގެ ފޯވާޑް ގެރެތް ބޭލް
ރިއަލް މެޑްރިޑްގެ ފޯވާޑް ގެރެތް ބޭލް
ވޭލްސްގެ ކެޕްޓަން ގެރެތް ބޭލް ރިއާލް މެޑްރިޑް އިން އަނބުރާ ޕްރިމިއަރ ލީގުގެ ކްލަބަކާ ގުޅެން އުޅޭކަމުގެ އަޑުތައް ގަދަވެއްޖެއެވެ.

ޓޮޓެންހަމް ދޫކޮށް ރިއަލް މެޑްރިޑާ 2013 ވަނަ އަހަރު 85 މިލިޔަން ބްރިޓިޝް ޕައުންޑަށް ގުޅުނު އުމުރުން 31 އަހަރުގެ ބޭލް ވަނީ މެޑްރިޑް އަށް 251 މެޗު ކުޅެދީ 105 ގޯލާއި 68 އެސިސްޓް ހަދައިފައެވެ. މީގެ އިތުރުން ބޭލް ވަނީ ރިއަލް މެޑްރިޑް އާ އެކު 4 ޗެންޕިއަންސް ލީގުވެސް ހޯދައިފައެވެ.

ބޭލްގެ އޭޖެންޓް ބުނެފައިވަނީ ބޭލް އަދިވެސް ޓޮޓެންހަމް ދެކެ ލޯބިވާކަމަށެވެ. އަދި ބޭލް ހުންނަން ބޭނުންވަނީވެސް ޓޮޓެންހަމް ގައި ކަމަށް އޭޖެންޓް ވަނީ ބުނެފައެވެ. ބޭލްވަނީ ޓޮޓެންހަމް އަށް ކުޅުނު ދުވަސްވަރު 56 ގޯލު ޖަހައި 58 އެސިސްޓް ހަދައިފައެވެ.

ބޭލްގެ އިތުރުން ސެވިއްޔާ އަށް ކުޅެމުން އަންނަ ސާޖިއޯ ރެގިޔޫލޮން ގެނައުމުގެ މަސައްކަތްވެސް ޓޮޓެންހަމް އިން އަންނަނީ ކުރަމުންނެވެ. 23 އަހަރުގެ ރެގިޔޫލޮން އަކީ ރިއަލް މެޑްރިޑްގެ ކުޅުންތެރިޔެކެވެ. ނަމަވެސް ނިމުނު ސީޒަނުގައި ލޯނެއްގެ ދަށުން ކުޅުނީ ސެވިއްޔާގައެވެ. ރެގިޔޫލޮން ވަނީ މި ނިމުނު ސީޒަނުގައި ސެވިއްޔާ އާ އެކު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައެވެ.

ޓޮޓެންހަމްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުންވެސް އަންނަނީ މި ދެ ކުޅުންތެރިންވެސް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އަދި ރިއަލް މެޑްރިޑްގެ ކޯޗު، ޒިދާންގެ ގޭމް ޕްލޭންގައި މި ދެ ކުޅުންތެރިންވެސް ނުހިމެނޭތީ މި ދެކުޅުންތެރިން މި ސީޒަންގައި ފެނުން އެންމެ ގާތީ ޕްރިމިއަރ ލީގުންނެވެ.މީގެ އިތުރުން އާސެނަލްގެ ކެޕްޓަން ޕިޔާ އެމްރިކް އޮބަމަޔަންގް ވަނީ އާސެނަލް އާ އެކު އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއި ކޮށްފައެވެ. 2018 ވަނަ އަހަރު އާސެނަލްއާ ގުޅުނު އުމުރުން 31 އަހަރުގެ ފޯވާޑު ވަނީ 2019 ވަނަ އަހަރުގެ ސީޒަންގައި ޕްރެމިޔާ ލީގުގެ ރަން ބޫޓު ވެސް ހާސިލް ކޮށްފައެވެ.

އޮބަމަޔަންގެ ގެ ކޮންޓްރެކްޓް ހަމަވަން ކުރިން ހަމަ ޖެހިފައި އޮތީ 2020/21 ގެ ސީޒަން ނިމުމުންނެވެ. އޮބަމަޔަންގް ވަނީ ސީޒަންގެ ފުރަތަމަ މެޗުގައި ފުލަމް އާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖަހައިފައެވެ. އަދި މީގެ އިތުރުން އެފް އޭ ކަޕް ފައިނަލުގައި ޗެލްސީ ކޮޅަށް ވެސް ވަނީ ދެ ގޯލު ޖަހައިފައެވެ.

އޮބަމަޔަންގް ވަނީ އާސެނަލް އަށް 111 މެޗު ކުޅެދީ 72 ގޯލު ޖަހައިފައެވެ. އަދި ޕްރެމިއާ ލީގުގައި 86 މެޗު ކުޅެ 55 ގޯލު ޖަހައި 12 އެސިސްޓް ހަދައިފައެވެ.

ޓްރާންސްފަރ ބާޒާރުގެ އެހެނިހެން ޚަބަރުތަކަށް ބަލާއިރު މިދިޔަ ސީޒަންގައި އާސެނަލްއަށް 23 މެޗް ކުޅެދިން އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް 17 މިލިޔަން ބްރިޓިޝް ޕައުންޑަށް އެސްޓަން ވިލާ އަށް ސޮއި ކޮށްފިއެވެ. މިދިޔަ ސީޒަންގެ އެފް އޭ ކަޕް ފައިނަލް މެޗުގައި އާސެނަލް އިން ޗެލްސީ ބަލި ކުރި އިރު އާސެނަލްގެ ގޯލު ބަލަހައްޓާފައިވެސް ވަނީ 28 އަހަރުގެ މާޓިނޭޒް އެވެ.

މާޓިނޭޒް ވަނީ ވިލާ އާ އެކީ ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މާޓިނޭޒް އާސެނަލް ދޫކޮށްލައިފައި މިވަނީ ކުލަބާ ގުޅުނުތާ 10 އަހަރު ފަހުންނެވެ. މާޓިނޭޒް އަކީ ޔޫތު ޓީމުން އާސެނަލްގެ ސީނިޔާ ޓީމާއި ގުޅުނު ކުޅުންތެރިޔެކެވެ. މާޓިނޭޒް އަކީ އެސްޓަން ވިލާ އިން މި ޓްރާންސްފާ ވިންޑޯގައި ސޮއި ކުރި ތިން ވަނަ ކުޅުންތެރިޔާއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން