ރާއްޖޭގެ ރައީސްކަން ދެން ބޭނުންފުޅުނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީން ސިލްސިލާކޮށް ނެރެމުން އަންނަ "ޚަބަރު ސިޓީ" ގައި ލިޔުއްވި ލިޔުއްވުމެއްގައެވެ.

އެލިޔުއްވުމުގައި ރައީސް ނަޝީދު ވިދާޅުވީ "އަޅުގަނޑު ދެނަކު ރާއްޖޭގެ ރައީސް ކަމެއް ކުރުމަކަށް ނުއެދެމެވެ."

ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އެވާހަކަ ތަކުރާރު ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދެވެން އޮތް ނިޒާމަކީވެސް ބަރުލަމާނީ ނިޒާމު ކަމަށެވެ. އަދި ރައީސް ޞާލިހުގެ ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީވެސް ބަރުލަމާނީ ނިޒާމު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް މިއީ އަދި ފަހުގެ ވާހަކައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑު މިފާހަގަކުރާ ކޮރަޕްޝަންގެ ވާހަކައަކީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅުން ހުރި ވާހަކައެއް ނޫނެވެ. އަޅުގަނޑު ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެވާހަކަ އަޅުގަނޑު ދަންނަވާނަމެވެ." ރައީސް ނަޝީދުގެ ލިޔުއްވުމުގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރަށް ކުޑަވެސް ހީނަރުކަމެއް އައުމަކަމަށް އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެމްޑީޕީން އެމަނިކުފާނަށް ދީފައިވާ މަގާމަކީ ވާހަކަދެއްކުމުގެ ފުރުސަތު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ފާހަގަކުރައްވާ ނުކުތާ ތަަކަކީ ޕާޓީ ނިކަމެތި ކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައީސްގެ ވަޒީރަކާ ގުޅޭ ގޮތުން އަޅުގަނޑު ނުރުހުން ފާޅުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ރައީސަށްވެސް އެކަން އެނގިވަޑައިގަންނަވާނެ އެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް މުހަންމަދު ނަޝީދު ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާކަން ކުރެއްވީ 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ނިޔަަލަށެވެ.


ކިޔުންތެރިންގެ ހިޔާލު


9

ގަދަގޭ

17-Sep-2020

ކަލޭގެ އަނގައިން ތެދެއް ބޭރުނުވާނެ ކަން ދިވަހިރައްޔަތުންނަށް ރަގަޅަށް އެގޭ.. ތިވެސް ވާނީ ހަމަ ބޮޑު އޮޅުވާލުމަކަށް.. އޭރުން ތާ ދެންތިބި ބަޔަކު އެކަމަށް ނުވިސްނާ އެއްޗެއް ނުބުނެ ތިބޭނީ.. އާންމު އުސޫލުން ކަލޭ އެއްޗެއް ބުނެފިތަ ދިމާ އިދިކޮޅަށް އެކަމެއްކުރާނީ.. އެއީ މިހާތަނަށް ޕްރޫފުވެފައިވާގޮތް.. މީހުން ގަމާރު ހައްދަން ނޫލޭ...ހަމަ އަދިވެސް ބުނާނީ #އިންޑިޔާ އައުޓުޓްރެންޑިން