ނެރުމައްޗަށް އުރި އަޑިއަށް ދިޔަ ދޯނި (ފޮޓޯ- އެމްެންޑީއެފް)
ނެރުމައްޗަށް އުރި އަޑިއަށް ދިޔަ ދޯނި (ފޮޓޯ- އެމްެންޑީއެފް)
ހދ.މަކުނުދޫ ނެރު މައްޗަށް ސަޕްލައި ދޯންޏެއް އަރައި ދޯނި އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން ބުނީ "ނަމޫނާ 8" ނަމަކަށް ކިޔާ 85 ފޫޓުގެ މިދޯނި އެ އަތޮޅު ވައިކަރަދޫއަށް ދާން މަކުނުދޫން ނުކުންނަން އުޅުމުގެ ތެރޭގައި އެ ރަށުގެ ނެރު މައްޗަށް އަރައިގެން ރިޕޯޓުކޮށްފައި ވަނީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށެވެ.

ހިލަ އާއި ސިމެންތި އަދި ދަގަނޑު ބަރުކޮށްގެން ދަތުރުކުރި އެ ދޯނި ވަނީ އެ މުދަލުން ބައެއް މަކުނުދޫއަށް ބާލާފައި ކަމަށާއި، ނެރު މައްޗަށް އަރާފައި ވަނީ ފަޅުން ނުކުންނަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، ދޯނީގައި ތިބި މީހުން މަކުނުދޫއަށް އަރާފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


3

ރަޝީދު

17-Sep-2020

ގެއްލުން ނުވަނީ މީހެއްގެ ފުރާނައަށް. ދޯންޏައްވި ގެއްލުމަކީ މީހަކަށްވި ގެއްލުމެއް.ޓްރެންޑިން