އިދިކޮޅު ކޯލިޝަންގެ ބައެއް އިސް ބޭފުޅުން
އިދިކޮޅު ކޯލިޝަންގެ ބައެއް އިސް ބޭފުޅުން
ހަރުކަށި ފިކުރަށް ތާއިދު ނުކުރާ ކަމަށާއި ދިވެހީންނަކީ ހަރުކަށި ބައެއް ކަމަށް ދައްކަން ކުރާ މަސައްކަތް ހުއްޓާލަން އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި، އެ ކޯލިޝަނުންނާއި ދިވެހި ރައްޔިތުން މަސައްކަތްކުރަނީ އައިސިސްއިން ރާއްޖެ ހިފުމުގެ ޕްލޭނަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ވިދާޅުވުން ހަރުކަށި އިބާރާތުން ވަނީ ކުށްވެރި ކޮށްފައެވެ.

އަދި އެ ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކުން ހަރުކަށި އަދި ހައްދުފަހަނައަޅާފައިވާ އެއްވެސް ފިކުރަކަށް ތާއީދު ނުކުރާ ކަމަށް ބަޔާނުގައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ، ރާއްޖޭގައި ޓެރަރިޒަމްއާ ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅު އަޅައި، ހަރުދަނާ މަސައްކަތްތަކެއް ކޮށްފައިވަނީ ޕީޕީއެމްގެ ވެރިކަމުގައި ކަމަށާއި އަދި ރާއްޖެއިން ބޭރުގެ އެއްވެސް ބައެއްގެ ޖާއިޒް ނޫން ނުފޫޒެއް އަޔަނުދީ، ސިޔާދަތީ ބާރު ދިވެހިންނަށް ކަށަވަރު ކޮށްދިނީވެސް ޕީޕީއެމްގެ ވެރިކަމުގައި ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ބަޔާނުުގައި އިތުރަށް ބުނެފައިވަނީ، މިއަދު އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ސަލާމަތަށް ބުރޫއަރާފަދަ ގޮތްނޭނގޭ އެތައް މަސައްކަތްތަކެއް ބޭރުގެ އެކި ފަރާތްތަކާއެކު ކުރަމުން އަންނަ ކަމަށާއި އަދި އެކަމާ ދެކޮޅަށް ރައްޔިތުން އަޑު އުފުލަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ގާނޫނީ ސަރުކާރުތައް ވައްޓާލުމަށް އެތެރެއާއި ބޭރުން އަމަލީގޮތުން މަސައްކަތްކޮށްފައި ވަނީ ކޮން ބައެއްކަން ތާރީހުން ވަރަށް ރަނގަޅަށް ހާމަވާން އޮތް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

https://twitter.com/ProgressPartyMV/status/1305923284731490304?s=19

އަދި ރާއްޖެ ހިފުމަށް ފަހުގެ ތާރީހުގައި މަގުފަހި ކުރަމުން، އެކަންކަމަށް ބޭރުގެ އެކިއެކި ޕްލެޓްފޯމްތަކުގައި ގޮވާލަމުން އައިސްފައިވަނީ މިހާރު އެމްޑީޕީގެ ސަރުކާރުގެ ވަޒީރުންނާއި އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށް ވެސް އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

"ރާއްޖޭގައި ދީނީގޮތުން ބައިބައިވުން އުފެދޭ ގޮތަށާއި އިސްލާމްދީނާއި ބީރައްޓެހި ހިޔާލުތަކަށް ފުރުސަތު ފަހިވާގޮތަށް ހިތްވަރު ނުދިނުމަށާއި، ދިވެހީންނަކީ "ހަރުކަށި ފިކުރުގެ" ބައެއްގެ ގޮތުގައި ސިފަ ކުރުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ގޮވާލަމެވެ." އެ ބަޔާނުގައިވެއެވެ.

"އިންޑިއާ އައުޓު" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުންނާއި މި ސަރުކާރާ ދެކޮޅު ފަރާތްތައް އަންނަނީ އަޑު އުފުލަމުންނެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބުން އެއީ މި ގައުމުގެ މިނިވަންކަމަށް ބުރޫއަރާފާނެ ފަދަ ކަމެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން