ދެމަފިރިންނަށް މަރުހަބާކީަ މަންޒަރުތައް ފެންނަ ފޮޓޯތަކުގެ ތެރެއިން ފޮޓޯއެއް (ފޮޓޯ: މީސްމީޑިއާ)
ދެމަފިރިންނަށް މަރުހަބާކީަ މަންޒަރުތައް ފެންނަ ފޮޓޯތަކުގެ ތެރެއިން ފޮޓޯއެއް (ފޮޓޯ: މީސްމީޑިއާ)
އެކި ކަންކަމާއި ބެހޭގޮތުން ވީޑިއޯ ހަދައި މީސްމީޑިޔާގައި އާންމު ކުރަމުންދާ ދެމަފިރިން ކަމަށްވާ ޚާލިދް އަލް އަމޭރީ އާއި އޭނާގެ އަންހެނުން ސަލާމާ މުހައްމަދު، ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ. މިދެމަފިރިން ޗުއްޓީ ހޭދަ ކޮށްލަން ހަމަޖެހިފައި ވަނީ ތާޖް އެކްޒޯޓިކާ ރިސޯޓް އެންޑް ސްޕާ ގައެވެ.

ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަށް އާދެވުމުން، ތާޖް އެކްޒޯޓިކާ ރިސޯޓް އިން ލިބުނު މެހެމާންދާރީ ފާހަގަކޮށް، އެ މަންޒަރުތައް ޚާލިދް ވަނީ މީސްމީީޑިޔާ ގައި ހިއްސާ ކޮށްފައެވެ. މީސްމީޑިޔާގައި މަޝްހޫރުކަން ހޯދާފައިވާ ޔޫއޭއީގެ ޚާލިދް އަލް އަމޭރީ އަދި އަންހެނުން، ސަލާމާ މުހައްމަދުގެ މީސްމީޑިޔާގައި 3.5 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ހިމެނެއެވެ.

ދިވެހި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމުން، ތާޖް އެކްޒޯޓިކާ ރިސޯޓް އެންޑް ސްޕާ ވަނީ މެދު އިރުމަތީގެ ގިނަ ގައުމުތަކެއްގެ މަންޒިލަކަށް ވެފައެވެ.

މީގެއިތުރުން މިދިޔަމަހު ތާޖް އެކްޒޯޓިކާ ރިސޯޓް އެންޑް ސްޕާ އިން ވަނީ، ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައި، މީސްމީޑިޔާގެ މަޝްހޫރު ނުސެއިރް ޔާސިން، އާންމު ނަމުންނަމަ ނަސްޑެއިލީ އަށް ވެސް މަރުހަބާ ކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން