ޗެލްސީ އާއި ބްރައިޓަން ބައްދަލުކުރި މެޗްގެ ތެރެއިން
ޗެލްސީ އާއި ބްރައިޓަން ބައްދަލުކުރި މެޗްގެ ތެރެއިން
އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންގެ މައްޗަށް 1-3 އިން ކުރިހޯދައި ޗެލްސީން ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މި ފަހަރުގެ ސީޒަނަށް ޓީމު ތައްޔާރުކުރުމުގެ ގޮތުން 200 މިލިއަން ޕައުންޑަށް ވުރެ އިތުރަށް ހަރަދުކުރި ޗެލްސީން ބްރައިޓަންގެ މައްޗަށް ކުރި ހޯދި މެޗްގައި ޗެލްސީން ލީޑުނެގީ މެޗުގެ 23 ވަނަ މިނިޓްގަައި ކެޕްޓަން ޖޯޖީނިއޯ ޖެހި ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ އަކީ މި ސީޒަންގައި އެޓީމާ އަލަށް ގުޅުނު ޖަރުމަންގެ ވާނާ އަށް ބްރައިޓަންގެ އޮސްޓްރޭލިއާ ކީޕަރު މެޓް ރަޔާން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ބްރައިޓަން އިން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފްގެ ކުޅުން ފެށިތާ 10 މިނިޓް ތެރޭ ބެލްޖިއަމްގެ ވިންގް ލެއަަންޑްރޯ ޓްރޮސާޑް ޖެހި ގޯލުންނެވެ. އޭގެ ދެ މިނިޓް ފަހުން ޗެލްސީ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ޒުވާން ޑިފެންޑަރު ރީސް ޖޭމްސް އެވެ. ޗެލްސީގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 66 ވަނަ މިނިޓްގައި ކާޓް ޒޫމާ އެވެ. ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ އަށް ލިބުމުން އޭނާ ޖެހި ބޯޅަ ގޮލަށް ވަނީ ބްރައިޓަންގެ ޑިފެންޑަރު އެޑަމް ވެބްސްޓާ ފައިގައި ޖެހިފަ އެވެ.

ރޭގެ މޮޅާ އެކު ޗެލްސީން ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި 2000 ވަނަ މޮޅު ހަމަކޮށްފަ އެވެ. އެ ޓީމަކީ އެ އަދަދަށް މެޗުން މޮޅުވި ތިން ވަނަ ޓީމެވެ. އަނެއް ދެ ޓީމަކީ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލެވެ.

ރޭ ދެން ކުޅުނު މެޗްގައި ވުލްވްސް ވަނީ ޝެފީލްޑް 2-0 ން ބަލިކޮށްފައެވެ. މެޗުގެ 3 ވަނަ މިނެޓުގައި ވުލްވްސްގެ ރައުލް ހިމެނޭޒް ލަނޑު ޖެހި އިރު އޭގެ ތިން މިނެޓު ފަހުން ސައިސް ވަނީ ލަނޑެއް ޖަހައި 2-0 އަށް ނަތީޖާ ބަދަލުކޮށްފައެވެ. މިއީ ވުލްވްސްގެ ރައުލް ހިމެނޭޒް އެޓީމަށް ކުޅެދިން 100 ވަނަ މެޗެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާއަކީ ވެސް ރައުލް ހިމެނޭޒް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން