މިއަދު ބޭއްވި ސައިކަލު ބުރުގެ ތެރެއިން
މިއަދު ބޭއްވި ސައިކަލު ބުރުގެ ތެރެއިން
"އަޅުވެތި ކަމާއި ދެކޮޅަށް" ނަމުގައި ޒުވާނުންތަކެއް އިސްނަގައިގެން މިއަދު ބޭއްވި ސައިކަލު ބުރުގައި ބައިވެރިވާން ދިޔަ ބައެއް ޒުވާނުން ހައްޔަރުކޮށްފި އެވެ.

ޒުވާނުންތަކެއް އިސްނަގައިގެން މިއަދު މާލޭގައި ސައިކަލު ބުރެެއް ބާއްވާނެ ކަން އިއުލާންކުރުމުން ފުލުހުން މިއަދު ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައި ވަނިކޮށް އަދި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ އެންގުންތަކާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް އަންގާފައެވެ.

ޒުވާނުންތަކެއް އިސްނަގައިގެން ރަސްފަންނު ސަރަހައްދުން ފެށުމަށް ހަމަޖެއްސި ސައިކަލު ބުރު ފުލުހުން ހުއްޓުވީ އެކަން ކުރިއަށް ނުގެންދެވޭނެ ކަން އެންގުމަށްފަހުގައެވެ. އަދި ސައިކަލްބުރު ކުރިއަށް ގެންދާނަމަ ބާރުގެ ބޭނުންކޮށްގެން ހުއްޓުވާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ. ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހު ފުލުހުން ވަނީ އަޑުގަދަ ކުރާ ބޭނުންކޮށްގެން، މި ހާލަތުގައި އެއްވުންތައް ނުބޭއްވުމަށާއި އެއްވުންތައް ކުރިއަށް ގެންދާނަމަ ހައްޔަރުކުރާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހު ސައިކަލު ބުރުގައި ބައިވެރިވާން ދިޔަ ޒުވާނުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ސައިކަލު ބުރު މަޖީދީމަގުގައި ކުރިއަށް ގެންދަން މަސައްކަތްކުރުމުން ފުުލުހުންގެ ސަފުތައް ފަޅާލަން މަސައްކަތް ކުރުމުން ޕެޕާސްޕްރޭވެސް ވަނީ ޖަހާފައެވެ. ސައިކަލު ބުރުގައި ބައިވެރިވުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ދެ ނާއިބު ރައީސުން ކަމަށްވާ އިބްރާހިމް ޝުޖާއު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވެސް އެ ސަރަަހައްދަށް ވަޑައިގެން ސައިކަލު ބުރުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ސައިކަލު ބުރަށް ފުލުހުން ހުރަސް އެޅުމުން ސައިކަލު ބުރު ވަނީ ހިގާލުމަކަށް ބަދަލުވެފައެވެ.ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން އެއްވުން ހުއްޓުވައި ހައްޔަރުކުރި ޒުވާނުންގެ ސައިކަލްތައް ޓޯކޮށްފައެވެ.

ޒުވާނުންގެ މި ސައިކަލު ބުރާއި ގުޅިގެން މާލޭގެ އެކި މަގުތައް ފުލުހުން ވަނީ ބެރިކޭޑް ޖަހާ ބަންދުކޮށްފައެވެ. އެގޮތުން ހޮޓެލް ޖެން ކައިރި އާއި، ރައީސް އޮފީސް ކައިރި އާއި މަޖީދިއްޔާ ސުކޫލާއި ޕީޕިއެމްގެ އޮފީސް ހިމެނޭ ސަރަހައްދާއި ގްރީން ޒޯން ހިމެނޭ ސަރަހައްދު ބަންދުކޮށް ފުލުހުން ދަނީ މަގުތަކުގައި ފޯރިމަރަމުންނެވެ.

އިދިިކޮޅު ކޯލިޝަންގެ ޒުވާނުން ވަނީ މިިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހަވީރުވެސް ސައިކަލު ބުރެއް ބާއްވާފައެވެ. އެ ސައިކަލު ބުރުގައި އެޗްޕީއޭގެ ގައިޑުލައިނާއި ހިލާފަށް އަމަލުކޮށްފައިވާތީ އިދިކޮޅު ކޯލިޝަންގެ އިސްވެރިން ވަނީ ޖޫރިމަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން