ނ. އަތޮޅު މަނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހާ އާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ 11 މީހަކު މިހާރު ކަރަންޓީނު ކޮށްފައިވާ ކަމަށް އެރަށުން ބުނެފި އެވެ.

މަނަދޫއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ހަދަންޖެހޭ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާއިރު ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި 11 މީހަކު މިހާރުވަނީ ކަރަންޓީން ކޮށްފައެވެ. ނަމަވެސް ކަރަންޓީން ކުރެވުނު މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ގައިން މިހާތނަށް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައެއްނުވެއެވެ.

ނ. މަނަދޫއިން ކޯވިޑް-19އަށް ޕޮޒިޓިވް މީހަކު ފެނުމާއި ގުޅިގެން އެރަށް ވަނީ ރެއިން ފެށިގެން މޮނިޓަރިންގ ޙާލަތަށް ގެންގޮސްފައެވެ. މަނަދޫއިން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ ދިވެހި ފިރިހެނެކެވެ. މިކަމާގުޅިގެން އެ ރަށް މޮނިޓަރިންގއަށް ލާފައި ވަނީ ރޭ 19:39 އިން ފެށިގެން އެޗް.ޕީ.އޭއިން ވަކި އެއްޗެއް އަންގަންދެންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މަނަދޫގައި ފުރަބަންދު ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުުމުން އޭނާއަށް ގުޅި އިރު ވެސް ނުކުމެ ހުރީ ގެއިން ބޭރުގައި ކަމަށެވެ. އޭނާ ހޯމް ކަރަންޓީނުގެ 14 ދުވަސް ފުރިހަމަ ވުމުން ނެގި ސާމްޕަލް ޕޮޒިޓިވްވި އިރު، ސާމްޕަލް ނެގި ދުވަހުން ފެށިގެން ނަތީޖާ ލިބުމާ ހަމައަށް އާއްމުކޮށް ރަށު ތެރެއަށް ނުކުމެ މީހުންނާ ބައްދަލުވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ނ. މަނަދޫ މޮނިޓަރިންގއަށް ލާފައިވާކަން އަންގާ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވާފައިވާ ލިޔުމުގައި ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން ޞިއްޙީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެ ރަށް މޮނިޓަރިންގއަށް ލާފައިވާކަމަށެވެ. އަދި ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން