އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގެ އަސާސީ ގަވާއިދާއި ޚިލާފަށް ލިބިވަޑައިގެންފައިނުވާ ބާރުތަކެއް ބޭނުންކުރައްވައިގެން އަމިއްލަ މަސްލަހަތުގައި ކުރައްވާ ކަންކަން ހުއްޓުވައި ދިނުމަށް އެދުމުން ޕާޓީގެ ޗެއާޕާސަންގެ ފަރާތުން ލިބިވަޑައިގެންނެވި ޖަވާބުން ޕާޓީގެ އަސާސީ ޤަވާދަކީ ނެތް އެއްޗެއްކަން އެގިވަޑައިގެންފި ކަމުގައި ޝުއައިބް އަލީ ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ދުރު ކުރުމަށާއި އެ ނޫން ވެސް ބައެއް ކަންކަމުގައި މަގާމުގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނުފޫޒު ފޯރުއްވައި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް އަމަލުކުރައްވާ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ހުށަހެޅުއްވި ކަންކަން ނުބަލަން އެމްޑީޕީން ވަނީ ނިންމާފައެވެ.

ޝުޢައިބުގެ ސިޓީގެ ޖަވާބުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ފޮނުއްވި ސިޓީގައި ވިދާޅުވީ އެމްޑީޕީގެ ރައީސްގެ މަޤާމަކީ، ޕާޓީގެ އެންމެ އިސް މަޤާމުކަމަށެވެ. ސިޔާސީ ކަންކަމުގައި ޕާޓީ ތަމްޞީލުކުރާ އަދި ޕާޓީގެ ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސްފަރާތަކީ ރައީސް ނަޝީދުކަމަށެވެ. އެހެންކަމުން، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުޙަންމަދު ނަޝީދުގެ ވިސްނުންފުޅު ޕާޓީގެ އާންމު މެންބަރުންނާ ހިއްސާކުރެއްވުމާއި، އެވިސްނުންފުޅާ އެއްގޮތަށް ޕާޓީގެ ސިޔާސީ ޙަރަކާތްތައް ހިންގެވުމުގެ އިސް ދައުރު އަދާކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސައްކަތުގެ މަސްއޫލިއްޔަތެއް ކަމަށް ހަސަން ލަތީފުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

މިޖަވާބާއި ގުޅިގެން ޝުއައިބް ވިދާޅުވީ އެމްޑީޕީއަކީ ޤާނޫނީ ސަހުސަކަށްވާއިރު ޕާޓީގައި ހެދިފައިވާ އަސާސީ ޤަވާއިދާއި އެއްގޮތަށް އަމަލުކުރުމަކީ ލާޒިމް ކަމެއްކަމަށެވެ. އޭގެ ބާރު ކެނޑޭގޮތަށް ޕާޓީގެ އެއްވެސް ގުނަވަނަކުން އަމަލުކުރާނަމަ އެއީ ޣައްދާރުވުން ކަމަށް ނުވާނެތޯއޭ ވިދާޅުވެ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

"ޕާޓީއަށް ޣައްދާރުވުން މާނަކޮށްދެނީ އެމްޑީޕީގެ އަސާސީ ޤަވާއިދުގެ 75، 76 މި 2 މާއްދާގެ ބާރު ކަނޑުވާލުން." ޝުޢައިބު ވިދާޅުވިއެވެ.

އެމްޑީޕީގެ އަސާސީ ޤަވާއިދުގެ 75ވަނަ މާއްދާހެ (ހ) ގައި ބުނެފައިވަނީ "ޕާޓީ ދިވެހިރާއްޖޭގެ ވެރިކަމުގައި އޮންނައިރު އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ފަރާތަކީ އޭނާއެވެ. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސްފަރާތަކީ ޕާޓީގެ ރައީސްއެވެ." މިފަދައިންނެވެ.

އަސާސީ ޤަވާއިދުގެ 75 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ "މިމާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތަށްފަހު، އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ ދެން އެންމެ އިސް ފަރާތަކީ، އޭނާއެވެ. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ ދެވަނައަށް އެންމެ އިސްފަރާތަކީ ޕާޓީގެ ނާއިބު ރައީސްއެވެ." މިހެންނެވެ.


ކިޔުންތެރިންގެ ހިޔާލު


9

މޭފެއަރ ކުޑޭ

13-Sep-2020

ތީ ލާދީނީ ގޮލައެއް.. އެއްވެސް ހަމަޔެއް ލަމަޔެއް އަދުލެއް އިންސާފެއް ނޯވޭ.. އެމްޑީޕީ އަންނި ވެއްޖެއްޔާ ކޮންމެ ކަމެއްވެސް ހުއްދަވާނެ.. އަހަރުމެންގެ ތާއީ ދު ގެއްލުނީ ތިގޮތަށް ވަކިބަޔެއްގެ މަންފާއަށް ކަންކުރަން ފެށީމަ.. ދެން ނިކަން ހޮވިބަލަ އިރާދަކުރެއްވިއްޔާ ދެން ދާނީ ހަމަ ފުލުން..



ޓްރެންޑިން