މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުންގެ މުއްދަތު އަންނަ ޑިސެމްބަރުމަހު ހަމަވާތީ އެ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެ ކައުންސިލްގައި ތިއްބަވާ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރެއްގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ 11 ވަނަދުވަހަށް ހަމަވާތީއެވެ. ދައުރު ހަމަވަނީ މީޑިއާތައް ތަމްސީލު ކުރާ 7 މެމްބަރަކާއި އާއްމުންގެ ތެރެއިން ކައުންސިލަށް އިންތިހާބުވި 6 މެމްބަރެއްގެއެވެ. އާންމުންގެ ތެރެއިން ހޮވާ މެމްބަރުކަމަށް ކުރިމަތިލެވޭނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކަށެވެ.

އެމަގާމުތަކަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިއަދު ހުޅުވައިލި ނަަމަވެސް އިންތިހާބު ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެމްއެމްއެމްސީ އަކީ މީޑިއާތައް ރެގިއުލޭޓްކުރަން އުފައްދާފައި އޮންނަ ކައުންސިލެކެވެ. އެކައުންސިލް އޮވެފައި އޭގެ އިތުރުން މޯލްޑިވްސްް ބްރޯޑްކާސްޓިން ކޮމިޝަންވެސްް އޮތުމަކީ މުހިއްމު ކަމެއް ނޫން ކަމަށް ބުނެ އެ ދެ މުއައްސަސާ އެއްކޮށްލާ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް މިހާރު އޮތީ ހުށަހަޅައިފަ އެވެ.

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 21 ވަނަ ދުވަހެވެ. އަދި މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުން ދަނީ މޯލްޑިވްސް މީޑިޔާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިމަސައްކަތް ގޮސްފައިވާ ހިސާބެއް އަދި ހާމަކޮށްފައިނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން