ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު
ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޕްރިންސިޕަލުންނާ ގުޅޭ ގޮތުން ކަނޑައެޅި އާއުޞޫލުގެ ސަބަބުން ދިވެހި ޕްރިންސިޕަލުން ތައުލީމީ ދާއިރާ ދޫކޮށް ދުރަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ޕްރިންސިޕަލުންނާ ގުޅޭގޮތުން ސަރުކާރުން އެކުލަވާލާފައިވާ އާ އުޞޫލުގެ ދަށުން ސުކޫލެއްގެ ޕްރިންސިޕަލް ކަމުގައި އެންމެ ގިނަވެގެން އެކަކަށް ހުރެވޭނީ 4 އަހަރުގެ ދެ ޓާރމުގައި ނުވަތަ ޖުމުލަ އަށް އަހަރު އެވެ. އަދި ޕްރިންސިޕަލުން މަސައްކަތްކުރާނީ ކޮން ސުކޫލެއްގައި ކަން ކަނޑައަޅާނީ އެޑިއުކޭޝަން މިނިސްޓްރީގައި އޮންނަ ބޯޑަކުންނެވެ. އެ ބޯޑު އެކުލަވައިލުމާއި، ބޯޑު ހިންގެވުމުގައި ބޮޑެތި ބާރުތަކެއް އެ ވުޒާރާގެ ޕާމަނެންޓް ސެކްރެޓަރީއަށް ލިބެއެވެ.

އެކަމާ ގުޅިގެން މީގެ ކުރިން ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަށްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ، މިއީ ރާއްޖޭގެ ތަޢުލީމީ އަދި ތަޖުރިބާކާރު ދިވެހި ޕްރިންސިޕަލުން ދާއިރާ ދޫކޮށްލުމުގެ ފުރުސަތު ބޮޑު ބަދަލެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބިދޭސީ ޕްރިންސިޕަލުންގެ އަތްމައްޗަށް ތަޢުލީމީ ނިޒާމް ބަރޯސާކުރަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.

މިހާރު ޢަމަލުކުރަމުންދާ ޤައުމީ މަންހަޖު އެކުލަވައިލުމުގައިވެސް އިސްކޮށް މަސައްކަތްކުރެއްވި އާދަމް ޝަރީފް ވިދާޅުވީ، "ޤައުމީ މަންހަޖް ތަންފީޛުކޮށް، ދިވެހި ޖީލެއް އުފައްދަން ލޯކަލް ޕްރިންސިޕަލުން މުހިއްމު ކަމަށެވެ."

މި އުސޫލާ ގުޅިގެން މިހާރުވެސް ވަރަށް ގިނަ ޕްރިންސިޕަލުންވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އެގޮތުން ސުކޫލު ބަދަލުކުރުމުގައި ޕްރިންސިޕަލުންގެ ރުހުން އޮތުމުގެ މުހިއްމުކަން ބައެއް ޕްރިންސިޕަލުން ފާހަގަކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ވަރަބިނދުނު ކޮތަރު

13-Sep-2020

މިބައިމީހުންގެ އޮތީއެއްމެ މަގްޞަދެއް ދިވެހިރާއްޖޭގެ ހުރިހާކަމަކާއިންޑިޔާބެއްސުން . ސުކޫލު ތަކުގެ ޕުރިންސިޕަލުންނަށްވެސް އިންޑިޔާ . އަމިއްލަގައުމުގެ ރައްޔިތުން ކޮންމެ ކަމަކުން ވެސް ފޫހިކޮއްލުން . އަމިއްލައަށް ކަންކަމުން ވަކިވެގެން ދާން މަޖްބޫރު ކުރުވުން . ބައެއްގެ ރުހުން ލިބިގެން ނޫނީ މަގާމެއްގަވެސް ހުރެވޭކަށްނެތް . މިދެން ބޮޑުވަރު މިއީކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ވަރުގެ ކަންކަމެއްނޫން . ދިވެހިންގެތެރެ ކަމުގެ ތަޖްރިބާ ލިބިގެން ތިބޭ އިލްމީމީހުންގެ އަގުވަޒަން ނުކޮއް . ބާކީކޮއްލުން . ނުވަތަ ތިމާމެން ގެ ރުހުން ބޭނުންވާނަމަ މަގާމު ދިޢާއުކުރަން ބައިއަތު ހިފުން . އަޅުވެތި ކުރުންނޫން ދެން އެހެން ކޮންކަމެއް .



ޓްރެންޑިން