އަޙްމަދު ޝަރީފް (ސައިރިކްސް ޝަރީފް)
އަޙްމަދު ޝަރީފް (ސައިރިކްސް ޝަރީފް)
ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ދިވެހި ސިފައިން ބާރުވެރި ކުރުވަން ޖެހޭ ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރ ދުއްވުމުގެ ނަމުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ކަމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިދަނޑިވަޅުގައި ދިވެހިރާއްޖެއާއި އެމެރިކާގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ދެޤައުމުގެ ސަރުކާރުން ގުޅިގެން ފްރޭމްވަރކެއް އެކުލަވާލައި އިއްޔެ ވަނީ ސޮއި ކޮށްފައެވެ.

އެކަމާ ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤައުމެއްގެ ދިފާޢީ ބާރު ކުރިއަރުވަން ބޭނުންނަމަ އެޤައުމެއް އިޤްތިޞާދީގޮތުން އަމިއްލަ ފައިމައްޗަށް ތެދުވަންޖެހޭ ކަމަށެވެ. އަދި ދިވެހި ސިފައިންނަކީ ޤާބިލް ބައެއްކަމަށާއި، ބޭރުގެ އަސްކަރީ މަރުކަޒުތަކުން ތަމްރީން ލިބިގެންތިބި ކުޅަދާނަ ސިފައިން ރާއްޖޭގައި މަދު ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރާއްޖޭގެ ދިފާޢީ ބާރުގެ ތެރޭގައި އެބަ ތިއްބެވި ޔޫއެސްއޭ، އޮސްޓްރޭލިއާ، އިންޑިއާ، އިނގިރޭސިވިލާތް، ޗައިނާ އިން ކިޔަވައިގެން މެޑަލް ޖަހާފައި ތިބި ޔުނީފޯމް އޮފިސަރސް. އެމީހުން ބާރުވެރިކޮށް މިލިޓަރީ ސާމާނު ހޯދައިދިނީމަ ފުދޭނެ." ޝަރީފް ވިދާޅުވިއެވެ.



އިދިކޮޅު ފަރާތްތަކުން މިދުވަސްވަރު ރާއްޖެއާއި އިންޑިޔާއާއި ގުޅޭގޮތުން ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ސަރުކާރުން އިންޑިއާއިން ހޯދަމުންދާ އެހީތެރިކަމާއި މާލީ މަންފާގެ ބަދަލުގައި ރާއްޖޭގެ މިނިވަންކަން ގެއްލޭފަދަ ކަންކަން ދިވެހި ސަރުކާރުން ކުރަމުންދާކަމަށް ދަނީ ބުނަމުންނެވެ.

ރާއްޖޭގައި އިންޑިޔާގެ ސިފައިން ގާއިމްވުމަށް މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުތަކެއްކޮށް އެކަމާއި ދެކޮޅަށް ސޯޝަލް މީޑިޔާގައި ދަނީ "އިންޑިޔާ އައުޓް" ގެ ނަމުގައި ކެންޕެއިނެއްވެސް ކުރަމުންނެވެ. އަދި ދާއިދިފަހުން އިންޑިޔާގެ އަސްކަރިއްޔާގެ ދެ ފްލައިޓެއް ހަނިމާދޫއަށް ޖައްސައި އެބޯޓު ތަކުން އައި އިންޑިޔާގެ ސިފައިން ކަރަންޓީން ވުމެއްނެތި ރަށު ތެރެއަށް އަރައި އުޅުނު މައްސަލާގައިވެސް އިދިކޮޅުންވަނީ ވަރަށްބޮޑަށް ފާޑުކިޔައިފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އޭޖީ މޫސާ

13-Sep-2020

ޝަރީފު، ޒަމާނީ ވަސީލަތާއެކު ކުރިއެރުން ހޯދާކަށްނު ދިވެހި ސިފއަިން އިންޑިޔާމިލިޓަރީއާ ގުޅިގެން އެއުޅެނީ. އެކަމެެއްނު ވިޔަނުދޭން އިދިކޮޅު ގްރޫޕް ނަމުގައި ބައަކު އެއުޅެނީ. ދެނޯ؟؟؟



ޓްރެންޑިން