ކަރީނާ ކަޕޫރ ޚާން
ކަރީނާ ކަޕޫރް ޚާންގެ ފޭވަރިޓް ކޯ ސްޓާރ އާއެކީގައި ޝޫޓިންގ ތައް ފަށާފައިވާކަމަށް އިންސްޓަގްރާމް މެދުވެރިކޮށް އާންމު ކުރި ވީޑިއޯއަކުން ހާމަކޮށްފިއެވެ. ލިއޯ ކިޔާ ކުޑަ ކުއްތާ އަކާއެކު ކަރީނާ މި ވިޑިއޯއިން ފެނިގެން ދެއެވެ. މިވީޑިއޯގެ ކެޕްޝަން އިން ކަރީނާ ކަޕޫރް ޚާންގެ ފޭވަރިޓް ކޯ ސްޓާރ ލިއޯ އާއެކީގައި ޝޫޓިންގ ތައް ފަށާފައިވާކަން ހާމަވެގެންދެއެވެ.
ކަރީނާ އެންމެ އަވަހަށް ފެނިގެންދާނީ 1994 ވަނަ އަހަރުގެ އިނގިރޭސި ހިޓް ފިލްމް ފޮރެސްޓް ގަމްޕް އަސްލަކަށް ބަލައިގެން އުފައްދާފައިވާ ހިންދީ ފިލްމު ލާލް ސިންގ ޗައްޑާ އިން އާމިރް ޚާން އާއެކުއެވެ.
އާލިޔާ ބަޓް
ލޮކްޑައުން އަށްފަހު ޝޫޓިންގތައް ފަށާފައިވާކަން އާލިޔާ ބަޓް އިންސްޓަގްރާމް މެދުވެރިކޮށް އާންމު ކުރި ވީޑިއޯއަކުން ހާމަކޮށްފިއެވެ.
އާލިޔާ ބަޓް ގެ އެންމެފަހުގެ ފިލްމް ކަމަށްވާ ސަޑަކް 2 އަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އޮގަސްޓް 16 ގައި މިފިލްމުގެ ފުރަތަމަ ދައްކާލުމުގެ ވީޑިއޯ އަކީ ޔޫޓިއުބްގައި 3 ވަނަ އަށް އެންމެ ގިނަ ބަޔަކު ޑިސްލައިކް ކޮށްފައިވާ ވީޑިއޯވެސްމެއެވެ.
އެކްޓަރ ސުޝާންތު ސިންގ ރާޖްޕޫޓް ގެ މަރާ ގުޅިގެން ބޮލީވުޑް ގެ ތެރޭގައި ހިނގާ ތަފާތުކުރުންތަކުގެ ވާހަކަ އިތުރުވެފައިވާއިރު، ހާއްސަގޮތެއްގައި ބޮލީވުޑްގެ ނަންމަޝްހޫރު އާއިލާ ތަކާ ގުޅުން ހުރުމުގެ ސަބަބުން މާގިނަ މަސައްކަތެއް ކޮށްނުލައި ގިނަ ފިލްމް ކުޅެން ލިބުމާއި، މިފަދަ މަޝްހޫރު އާއިލާ ތަކާ ގުޅުން ނެތް މީހުންނަށް ލިބޭ ފުރުސަތުތައް ހަނިވުމުގެ ވާހަކަ ތަކާއެކު ބޮލީވުޑްގެ ގިނަ ފޭނުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ސޯނަމް ކަޕޫރ އަހޫޖާ
ދަ ޒޯޔާ ފެކްޓަރ އިން އެންމެ ފަހުން ފެނިގެންދިޔަ ސޯނަމް ކަޕޫރ އަހޫޖާ އިނގިރޭސިވިލާތުގެ ލަންޑަންގައި، ކްރިސްޓޮފަރ ނޮލަން ގެ ފިލްމް ޓެނެޓް ބަލައި ތައުރީފުކޮށްފައިވެއެވެ. ފިލްމުގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރަމުން، ސިނަމާއެއްގައި ބޮޑުސްކްރީންގައި ބަލައިލުން ތަފާތު ކަމަށް ފޮޓޯގެ ކެޕްޝަންގައި އޭނާ ލިޔެފައި ވެއެވެ. އިނގިރޭސި ފިލްމް ޓެނެޓްގައި، އިންޑިޔާގެ މަޝްހޫރު ވެޓްރަންސް އެކްޓްރެސް ޑިމްޕަލް ކަޕާޑިއާ ވެސް ފެނިގެންދެއެވެ.
އަބީޝޭކް ބައްޗަން
ބޯކޮށައިލުމަށްފަހު ކުރީގެ ފޮޓޯ އަކާއެކު އަބީޝެކްގެ ސްޓައިލް، އިންސްޓަގްރާމް ކޮށްފައިވާއިވާއިރު ބޯކޮށާލީ އާ ރޯލަކަށް ކަން އިންސްޓަގްރާމްގެ ޕޯސްޓުން އާންމުވެގެން ދެއެވެ.
ކޮވިޑް-19 އަށް ފަހު މިހާރު ބަލިން ރަނގަޅުވެފައިވާ އަބީޝެކް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފިލްމު އުފައްދާ ޖޭޕީ ދައްތާގެ ދަރިފުޅު ނިދީ ދައްތާގެ އެންގޭޖްމެންޓް ހަފްލާގެ ތެރެއިންނެވެ.
އަބީޝޭކް ދެން ފެނިގެންދާނީ ދަ ބިގް ބުލް އަދި ލޫޑޯ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު