ސްރީީ ލަންކަން އެއަރލައިންސްގެ ބައެއް މިވައްޒަފުން ފޮތޯއަކަށް ހުއްޓިލައިގެން
ސްރީީ ލަންކަން އެއަރލައިންސްގެ ބައެއް މިވައްޒަފުން ފޮތޯއަކަށް ހުއްޓިލައިގެން
ރާއްޖެއަށް ގިނަ ދަތުރުތަކެއް ކުރާ ސްރީލަންކަން އެއަރލައިންސުން ފަސިންޖަރުން ގޮވައިގެން ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައިވާކަމަށް އެ އެއަރލައިނުން ބުނެފިއެވެ.

ސްރީލަންކަން އެއަރލައިންސުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ގިނަ ގައުމުތަކަށް ދަތުރުވެރިން ބަލައިގަތުން ހުއްޓާލާފައިވާތީއާއި ގިނަ ގައުމުތަކުގެ ބޯޑަރުތައް ބައްދުކޮށްފައިވާތީ ހުއްޓާލާފައިވާ މި ދަނޑިވަޅުގައި އެ އެއަރލައިނުގެ ފްލައިޓުތަކުން ކުރަމުން އައި ދަތުރުތައް މި މަހުގެ 8 ވަނަ ދުވަހުން 21 ވަނަ ދުވަހާއި ހަމައަށް މެދުކަނޑާލާނެ ކަމަށަ ވަނީ ބުނެފައެވެ.

މިއީ އެ އެއަރލައިނަށް މިހާތަނަށް ދިމާވި އެންމެ ދަތި އުނދަގޫ ވަގުތުކަން ފާހަގަކުރަމުން އެއަރލައިނުން ބުނީ ކަމާގުޅުންހުރި އިދާރާތަކުގެ އެންގުންތަކާއި ހާލަތަށް ބަލައި އެޕްރީލް 21 ގެ ކުރިންވެސް ދަތުރުތައް ފެށެން އޮތްނަމަ އެކަން ކުރާނެކަމަށެވެ.

ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ޤައުމެކެވެ. ކޯވިޑް19 ސްރީލަންކާގައިވެސް ފެތުރެމުން ދިއުމާއި ގުޅިގެން އެ ޤައުމުގައި މިހާރު ވަނީ ކާފިއުވެސް އިއުލާންކޮށްފައެވެ. އެއާއިއެކު ގިނަ ދިވެހީން ތިބީ މާލެ ނުދެވި ތާށިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން