ތައިލެންޑުގައި އުފައްދައިގެން ރާއްޖެ އެތެރެކުރާ 15 ބާވަތެއްގެ ބޭހެއް ބޭނުން ނުކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން އާންމުކުރި އެލާޓެއް ގައި ބުނެފައި ވަނީ ތައިލެންޑްގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ސެވަން ސްޓާސް އިން ބޭސް އުފެއްދުމުގައި ބޭނުންކޮށްފައިވާ އެކްސޮޕިއެންޓެއް ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިފައިވާތީ ތައިލެންޑްގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީ، ތައި އެފްޑީއޭ އިން 15 ބާވަތެއްގެ ބޭސް ބޭނުން ނުކުރަން ނިންމާ އެކަން އެމްއެފްޑީއޭއަށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން އެ ބޭސްތައް ރާއްޖޭގައި ބޭނުން ނުކުރުމަށާއި އަދި ތައިލެންޑަކީ ދިވެހީން ބޭސްފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވެފައި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އެ ގައުމުން ބޭސް އެތެރެކުރާތީ އެކަމަށް ސަމާލުވާން އެމްއެފްޑިއޭއިން ވަނީ އެދިފައެވެ.އަދި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ހާއްސަ ސަމާލު ކަމެއް ދީގެން ޕޯޓްތަކުން ބަލާ ފާސް ކުރަމުން ދާނެކަމަށްޓަކައި އެކަމަށް ވެސް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން