ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީއާއި ގުޅިގެން ރާއްޖޭގައި ހުންނަ ޗައިނާގެ އެންބަސީ އިން މާލީ އެހީއަށް އެދުމުގެ ފުރުސަތުތަކެއް ހުޅުވާލައި، އެކަމުގެ އެމްއޯޔޫގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު މަތީތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމާއި ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރުއެވެ. ޗައިނީސް އެންބަސީ ގެ ފަރާތުން ސޮއިކުރެއްވީ، އެމްބެސަޑަރ ވަންގ ލީޒިން އެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވާރސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް އެވެ.

މި އެއްބަސްވުމުގެ ދަށުން "ޗައިނީސް އެންބެސެޑަރ ބަރސަރީ" ޕްރޮގްރާމަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން، ޝަރުތުހަމަވެ، ހޮވޭ 15 ދަރިވަރުންކުރެ ކޮންމެ ދަރިވަރަކަށް ޖުމްލަ 10،000 ރުފިޔާގެ ގްރާންޓެއް ލިބިގެންދާނެއެވެ.ޗައިނީސް އެންބެސެޑަރ ބަރސަރީ އަށް ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި، މާލީ ދަތިކަމުގެ ސަބަބުން ތަޢުލީމު ހާޞިލުކުރުމަށް ދަތިވުން، އޯ ލެވެލް އަދި އޭ ލެވެލްގައި އިސްލާމް އާއި ދިވެހި މާއްދާ ހިމެނޭގޮތަށް 4 މާއްދާއިން ފާސްވެފައިވުމާއިއެކު، ޑިޕްލޮމާއިން މަތީގެ ހުރިހާ ސެމިސްޓަރ އެއްގައިވެސް 3.0-3.5 ޖީ.ޕީ.އޭއާއި ދެމުދެގެ ނަތީޖާއެއް ލިބިފައިވުން ހިމެނެއެވެ.

މީގެއިތުރުން އައި.ޔޫ.އެމް/ އެމް.އެން.ޔޫގައި ކިޔަވަމުންދާ ނުވަތަ ކިޔެވުމަށް ހުށަހަޅާ ދަރިވަރަކަށްވުން އަދި އެހެންއެއްވެސް ސްކޮލަރޝިޕެއް ނުވަތަ ކިޔެވުމައްޓަކައި އެއްވެސް މާލީ އެހީއެއް ލިބޭ ދަރިވަރެއް ކަމުގައި ނުވުން ވެސް މި ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޕްރޮގްރާމަކީ ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކޮށް، ދިވެހިރާއްޖޭގެ ޒުވާނުންގެ މެދުގައި ޗައިނާގެ މަޢުލޫމާތު މުއްސަނދިކުރުމާއި، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ތަޢުލީމު ހާޞިލުކުރުމަށް ދަތިވެފައިވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮއްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން