ހައްޖުގެ އަޅުކަމުގައި ދިވެހިންތަކެއް ތިބި މަންޒަރު
ހައްޖުގެ އަޅުކަމުގައި ދިވެހިންތަކެއް ތިބި މަންޒަރު
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިވެހި ރާއްޖެއިން ދިޔަ ހައްޖުވެރިއަކަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ހައްޖަށް ފުރާވަޑައިގަތުމުގެ ކުރިން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ޑރ. ޝަހީމު ވިދާޅުވީ ދިވެހި ހައްޖުވެރިއަކަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށެވެ.

ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ބަލިމީހާގެ ހާލަތު ސަރުކާރުން ބަލަމުން ގެންދަވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެގޮތުން ހައްޖު ކޯޕަރޭޝަނުންނާއި ސަރުކާރުގެ ހައްޖު މިޝަންގެ ފަރާތުންވެސް ބަލިމީހާގެ ހާލަތު ބަލަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

”އަޅުގަނޑު ވާނީ އެ ބޭފުޅާގެ އާއިލާ މީހުންނަށް ގުޅާފައި، ރާއްޖޭގައި ތިބި އެބޭފުޅާގެ އާއިލާ މީހުންނަށް ގުޅާފައި.“ ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް ހާޓް އެޓޭކް ޖެހިގެން އެޑްމިޓް ކުރި މީހާގެ މައުލޫމާތު ޝަހީމް ހާމަކުރައްވާފައެއް ނުވެއެވެ.

ހައްޖު ކޯޕަރޭޝަނާއި ހައްޖު މިޝަންގައި ހާއްސަ ޑޮކްޓަރުންގެ ޓީމެއް ތިބޭނެ ކަމަށް ވަޒީރު ވިދާޅުވެފައިވާއިރު މިއީ ހައްޖުވެރިންނަށް ފަރުވާދެއްވުމަށް ތިއްބަވާ ހާއްސަ ޓީމެއް ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ހައްޖުވެރިން ތިބި ހޮޓަލުގައިވެސް ހާއްސަ ކްލިނިކެއް ގާއިމުކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން