ރ. އުނގޫފާރުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ހިނގި މަގުބައްތިއަކުން ކުދިންތަކެއް ކަރަންޓުގައި ޖެހުނު ހާދިސާގައި އެންމެބޮޑަށް އަނިޔާވި 18 އަހަރުގެ ކުއްޖާ ނިޔާވި މައްސަލާގައި އެކަމުގައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަން އަޙްމަދު ޝިފާން ނޫސްތަކަށް ވިދާޅުވީ، އެ މައްސަލަ އަދި ބަލައި ނުނިމޭ ކަމަށާއި މައްސަލަ ބަލައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
އުނގޫފާރަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ހުސެއިން އަތީކް ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މީގެ ދެދުވަސްކުރިންނެވެ. އޭރު އޭނާއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ.
އަތީކްގެ ހާލު ސީރިއަސް ވެގެން އިތުރުފަރުވާއަށް މާލެ ގެނައީ މެއި 25 ވަނަ ދުވަހުއެވެ.
މި ހާދިސާގައި އުނގޫފާރު މަގުމަތީގައި ޖަހާފައިހުރި ހޮޅިދަނޑިއެއް ކައިރީގައި ހެދިފައި އޮތް ފެންގަނޑަށް ކަރަންޓު ލީކުވެ އިތުރު ދެ ކުއްޖަކުވެސް ކަރަންޓުގައި ޖެހުނެވެ.
އެ ދެ ކުދިންނަށް އުނގޫފާރު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
މިހާދިސާގައި ނިޔާވީ އެކުދިން ސަލާމަތް ކުރަން މަސައްކަތް ކުރި ކުއްޖާއެވެ.

ކިޔުންތެރިންގެ ހިޔާލު