އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިން ވަނަ ދައުރަކަށް ނަރެންދްރަ މޯދީ މިއަދު ހުވާ ކުރައްވައިފި އެވެ.

މޯދީ އަކީ ބޮޑުވަޒީރު ޖަވާހަރުލާލް ނެހްރޫ ގެފަހުން ޖެހިޖެހިގެން ތިން ވަނަ ދައުރެއްގައި އިންޑިޔާގެ ބޮޑުވަޒީރުކަން ކުރައްވާ ފުރަތަމަ ލީޑަރެވެ. ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި މޯދީގެ ހިންދޫ ނެޝަނަލިސްޓު ބީޖޭޕީން އިންޑިއާގައި ވެރިކަން ކުރަމުން އައީ ނޭޝަނަލް ޑިމޮކްރެޓިކް އިއްތިހާދުގެ ތެރެއިންނެވެ.

މިދިޔަ ހަފްތާގައި މި އިއްތިހާދުން އިންޑިއާގެ އިންތިހާބު ކާމިޔާބު ކުރިއިރު، މިފަހަރުގެ އިންތިހާބުގެ ނަތީޖާއިން، 2014 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބީޖޭޕީގެ އަޣުލަބިއްޔަތު ގެއްލިފައިވާކަން ހާމަވެގެންދިޔައެވެ. އަދި މޯދީގެ ބީޖޭޕީ އަށް އަޣުލަބިއްޔަތު ނުލިބުނު ނަމަވެސް ކޯލިޝަންގެ ބައިވެރިން ވަނީ ބޮޑުވަޒީރުކަމަށް މޯދީ ހޮވުމަށް އެއްބަސްވެފައެވެ.

އެގޮތުން ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށްގޮސްފައިވަނީ މިއަދު ހަވީރު ނިއުދިއްލީގެ ރިޔާސީ ގަނޑުވަރުގައެވެ. އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިން ވަނަ ދައުރަކަށް ނަރެންދްރަ މޯދީ ހުވާކުރެއްވީ އަވަށްޓެރި ދިވެހިރާއްޖެއާއި ސްރީލަންކާގެ ރައީސުންނާއި ސީޝެލްސްގެ ނައިބު ރައީސް އަދި ބަންގްލަދޭޝް، މޮރިޝަސް، ނޭޕާލް އަދި ބޫޓާންގެ ބޮޑުވަޒީރުންގެ ހާޒިރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން