މާލޭގެ ސެލޫނެއްގައި ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ތައިލެންޑްގެ ދެ އަންހެނަކު ހައްޔަރުކޮށްފިއެވެ.

ހަށިވިއްކާ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައި ވަނީ ތައިލެންޑްގެ 39 އަހަރުގެ އަންހެނަކާއި 22 އަހަރުގެ އަންހެނެކެވެ.

މި ދެ މީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ވަނީ ޖަހާފައެވެ.

އެމީހުން ހައްޔަރުކުރި ސެލޫންގެ ތެރެއިން ބަރަހަނާ ހާލުގައި ތިބި ދެ މީހަކު ފެނުނު ކަމަށް އެ މީހުންގެ ބަންދު އަމުރުގައި ވެއެވެ.

ދާދިފަހުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން ވިދާޅުވެފައިވަނީ ހަށިވިއްކުމަށް މާލެ ސަރަހައްދުގައި ސްޕާތަކުގެ ނަމުގައި 111 ތަނެއް ހިންގާކަން ހޯދިފައިވާ ކަމަށެވެ.

އެގޮތުން އެފަދަ ތަންތަނުގައި ޓޫރިސްޓް ވިސާގައި ރާއްޖޭން ބޭރުން މީހުން ގެނެސްގެން ހަށިވިއްކުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށާއި އެފަދަ ފަރާތްތައް ހޯދާ ހައްޔަރުކޮށް، ޑީޕޯޓް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެކަމަށް ވެސް އިހުސާން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން