އދ. ގެ، ކުޑަކުދިންގެ ހައްގުތަކާ ހިލާފުވާ ގައުމުތަކާއި ޖަމާއަތްތަކުގެ ލިސްޓުގައި އިސްރާއީލް ހިމަނައިފިއެވެ.

މި ލިސްޓަކީ އދ ގެ ސެކްރެޓަރީ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށް، ސަލާމަތީ މަޖިލީހަށް ހުށައަޅާ ލިސްޓެކެވެ. މި ލިސްޓުގައި ހިމެނެނީ ހަނގުރާމައިގައި ކުޑަކުދިންގެ ހައްގުތަކާއި ހިލާފުވެ، ކުޑަކުދިންނަށް އަނިޔާދީ މަރާ ގައުމުތަކާއި ހަނގުރަާމަވެރި ޖަމިއްޔާތަކެވެ.

މިއީ އިސްރާއީލް މި ލިސްޓުގައި ހިމެނުނު ފުރަތަމަ ފަހަރެވެ. މި ލިސްޓުގައި ހިމެނުމުން، އިސްރާއިލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އދ އަށް ފާޑުކިޔާފައެވެ. ނަތަންޔާހޫ ބުނީ އދ އިން މިހެން ކަންތައް ކުރުމުން ތާރީހްގެ ބްލެކްލިސްޓަށް އދ އަމިއްލައަށް ލެވިފައިވާ ކަމަށެވެ.

ފަލަސްތީނުން އދ އަށް ކަނޑައަޅާފައިވާ ސަފީރު ރިޔާދް މަންސޫރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިސްރާއީލް މި ލިސްޓުގައި ހިމެނުމަކީ ރަނގަޅު މިސްރާބަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

އިސްރާއީލްގެ އިތުރުން، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސްވެސް ވަނީ މި ލިސްޓުގައި ހިމެނިފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 37000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި އެތަކެއް ހާސް ކުޑަކުދިން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން