އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު، ޑރ. އައިޝަތު ރަމީލާ ކެންސަރުގެ އާލާސްކަންފުޅާ ގުޅިގެން އެޑްމިޓްކޮށްފި އެވެ.

އެކްސްގައި މިނިސްޓަރު ވިދާޅުވީ އެޑްމިޓްކުރީ އެކަމަނާ ތަހައްމަލުކުރައްވަމުން ގެންދަވާ މެޓަސްޓެޓިކް ސެރިއަސް ޕެޕިލަރީ ކާސިނޯމާއަށް ފަރުވާ ހޯއްދެވުމަށް އިތުރު ސާޖަރީއެއް ހެއްދެވުމަށް ކަމަށެވެ.

ހަމަ އެހެންމެ ކީމޯތެރެޕީ އަދި އިމިއުނޯތެރަޕީ ވެސް ނަންގަވާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

މިދިޔަ ނޮވެމްބަރު މަހު ވެސް ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ނެންގެވުމަށް މިނިސްޓަރު އިންޑިއާއަށް ވަޑައިގެންނެވި އެވެ. އަދި އެ ފަރުވާ ނެންގެވުމަށް ފަހު މިނިސްޓްރީގެ މަސައްކަތްތަކަށް އަލުން ނުކުންނެވި އެވެ.

ޑރ. ރަމީލާ ކުރިން ވިދާޅުވީ ކެންސަރު ޖެހިވަޑައިގެންފައިވާކަން އެނގިވަޑައިގެންނެވިއިރު ބަލި ހުރީ އެންމެފަހު ސްޓޭޖުގައި ކަމަށެވެ. އަދި އެންމެންގެ ހެޔޮ ދުޢާއަށް އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ.

މިނިސްޓަރު މިހާރުވެސް ދޭތެރެ ދޭތެރެއިން އިވެންޓްތަކުން ފެނެއެވެ. އެގޮތުން މިދިޔަ މޭ މަހު 26 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އެކަމަނާ ބައިވެރިވެވަޑައިގެންނެވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން