އިންޑިއާގެ އާންމު އިންތިހާބުން ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ހިމެނޭ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އިން ކުރިހޯދުމުން، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކާމިޔާބީޔަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ރިޕޯޓުތައް ބުނާގޮތުން މޯދީ ނިސްބަތްވެވަޑައިގަންނަވާ އިންޑިއާގެ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އިން ވަނީ 292 ގޮނޑި ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް މޯދީ ނިސްބަތްވެވަޑައިގަންނަވާ ބީޖޭޕީއަށް ލިބިފައިވަނީ 239 ގޮނޑިއެވެ.

ރައީސް ޑރ. މުޢިއްޒު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2024 ވަނަ އަހަރުގެ އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބުކޮށް ޖެހިޖެހިގެން ތިންވަނަ ދައުރަކަށް އިންޑިއާގެ ވެރިކަން ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބީޖޭޕީ އަދި އެ ޕާޓީ އިސްކޮށް އޮންނަ އެންޑީއޭ ކޯލިޝަނުން ކާމިޔާބުކުރީތީ މަރުހަބާ ވިދާޅުވާކަމަށެވެ.އަދި ދެ ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް ދެ ގައުމުން ބޭނުންވާ ކަންކަން ކުރިއަށް ގެންދިޔުމުގައި އެކުގައި މަސައްކަތް ކުރުމުގެ އުންމީދުގައި ހުންނެވިކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން