ފްރާންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތް އަވަހާރަވުމާ ގުޅިގެން ފަރަންސޭސިވިލާގެ ރައީސް އެމަނުއެލް މެކްރޮންއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ސަފީރު ޕެކްތެތްއަކީ ދިވެހިރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި ޢިއްޒަތްތެރި ޑިޕްލޮމެޓެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި އެމްބެސެޑަރ ޕެކްތެތްގެ ޚިދުމަތުގެ އަގު އަބަދުވެސް ވަޒަންކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ސަފީރު ޖޯން-ފްރަންސުއާގެ ޢާއިލާއާ އެޤައުމުގެ ރައްޔިތުންނަށް ދިވެހިސަރުކާރާ ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވަމުންނެވެ.

ޕަކްތެތު އަވަހާރަވެފައި އޮއްވާ ފެނިފައިވަނީ އެމަނިކުފާނު ލަންކާގައި ދިރުއުޅުއްވާ ގެކޮޅުގައެވެ. އަވާހަރަވިކަން އެނގުނީ ދިރިއުޅުއްވާ ކޮޓަރިން މިއަދު ނިކުމެވަޑައިނުގަތުމުން، ބެލި ބެލުމުންނެވެ. ލަންކާގެ ފުލުހުންވަނީ ޕޯސްޓްމޯޓަމް އެއް ހަދައި މައްސަލަ ތަހުގީގު ކުރަން ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން