އިސްރާއިލުން ޣައްޒާގައި ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާތަކުން ސަލާމަތްކޮށް އިތުރު ކުއްޖަކު ރާާއްޖެ ގެެނެސްފި އެވެ.
މި ފަހަރު އެކަން ކޮށްފައި ވަނީ ރާާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ ހިދުމަތް ޖަމިއްޔާއިން ނެވެ.
އެ ކުއްޖާ ރާއްޖެ ގެނެސް މަރުހަބާ ކިޔައިފައިވާ ފޮޓޯތަކެއް ވެސް މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ ފޮޓޯތަކުން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހު އިބްރާހިމް ފަރީދު ވެސް ފެނެއެވެ.
އެ ޖަމިއްޔާއިން ބުނީ ނަދާ ނަމަކަށް ކިޔާ ޣައްޒާގެ އެ ކުއްޖާ ރާއްޖެ ގެނައީ ރާއްޖޭގެ އެކި ބޭފުޅުންގެ ދީލަތި އެހީތެރިކަމާއެކު ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް މިވަނީ، ފަލަސްތީންގެ ރައްޔިތެއް ކަމަށްވާ އަޅުގަނޑުމެންގެ އުޚްތު ނަދާ، އަނިޔާވެރިންގެ ބިރުވެރި ހަމަލާތަކުން ސަލާމަތްކޮށް، ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް ކުރި ދަތުރު ހަޤީގަތަކަށް ހަދާދެވިފައެވެ. މިއަދު ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމުން ނަދާއަށް ތިޔަ ދައްކުވައިދިނީ، އަހަރުމެން އެއްމެންނަކީ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމުގެ މައްޗަށް އެކުލެވިގެންވާ އެއްއުންމަތެއް ކަމެވެ. ނަދާއަށް މިއަދު މި ދޮންވެލި ގޮނޑުދޮށްތަކުގެ ހިމޭންކަމުން މަރުޙަބާ މިކިޔަނީ، އަޅުގަނޑުމެންގެ އަމިއްލަ ލޭހިނގާ އުޚްތަކަށް މަރްޙަބާ ކިޔާނެ ލޯތްބާއި އޯގާތެރިކަމާއި އެކުގައެވެ." އެ ޖަމިއްޔާއިން ފޭސްބުކްގައި ބުނެފައި ވެއެވެ.
ރާއްޖޭގެ އެހީދޭ އެހެން ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ވަނީ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ޕްރޮފެސަރ ޑރ. ހަސަން އަލް ކުރުދީގެ އާއިލާގެ ފަސް މެމްބަރުންވެސް މިދިޔަ ހަފްތާގައި ރާއްޖެ ގެެނެސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު