މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަޙުޤީޤަށް އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް ހޯދަމުންދަނީ އއ. މާޅޮސް ހިތަފަސޭހަގެ ޢުމުރުން 36 އަހަރުގެ ފާތިމަތު ޔުސްރާ އެވެ.
ފުލުހުންގެ އިދާރާއިން މިއަދު ބުނީ، ޔުސްރާ ހޯދަމުން ދަނީ، ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެގޮތުން ފުލުހުންގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން އޭނާއަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ ޔުސްރާ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، ޖޫން މަހުގެ 3 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ހާޒިރުވުމަށް އަންގާފައެވެ.
ފުލުހުން މީނާ ހޯދުމަށް އިޢުލާނު ކޮށްފައިވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

ކިޔުންތެރިންގެ ހިޔާލު