ހދ. ނެއްލައިދޫ ބައެއް މަގު ބައްތިތަށް ނުދިއްލޭ މައްސަލަ ފެނަކައިން ހައްލު ކުރަނީ،
ހދ. ނެއްލައިދޫ ބައެއް މަގު ބައްތިތަށް ނުދިއްލޭ މައްސަލަ ފެނަކައިން ހައްލު ކުރަނީ،
ގިނަ ރަށްރަށުގެ އިޖްތިމާއީ ދިއްލުންތަކަށް ބޭނުންކުރާ (ބަނދަރާއި މަގުމަތީގެ) ބައްތިތަކުގައި އީއެލްސީބީ ހަރުކުރެވިފައި ނުހުންނަކަން ފާހަގަކޮށް ރަށްރަށުގައި ހުންނަ މަގު މިފަދަ ބައްތިތައް ވަކި ފެންވަރަކަށް ގެނައުމުގެ މަސައްކަތް ފެނަކައިން ކުރަން ފަށައިފިއެވެ.

ރަށްރަށުގެ އިޖްތިމާއީ ދިއްލުންތަކަށް ބޭނުންކުރާ (ބަނދަރާއި މަގުމަތީގެ) ބައްތިތަކަކީ ކައުންސިލްތަކުގެ ބެލެނިވެރިކަމުގެ ދަށުން ބަލަހައްޓާ، ފެނަކައިން ކަރަންޓު ފޯރުކޮށްދެމުން ގެންދާ ބައްތިތަކެކެވެ. ނަމަވެސް އީއެލްސީބީ ހަރުކުރެވިފައި ނުހުންނަ މަގުބައްތިތަކީ އެންމެ ރައްކާތެރި ބައްތިތަކަކަށް ނުވާތީ، މިކަންތައް ހައްލުކުރުމަށްޓަކައި ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ފެނަކައިން ހިދުމަތް ދެމުން ގެންދާ ހުރިހާ ރަށެއްގައި އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.

ފެނަކައިން ބުނީ، ކައުންސިލްތަކާއިއެކު އެއްބަސް ވެވޭ ގޮތެއްގެ މަތިން، ދެމެހެއްޓެނެވި ގޮތެއްގައި ފެނަކައިގެ ފަރާތުން އިޖްތިމާއީ ބޭނުމަށް ދިއްލާ ބައްތިތައް ބެލެހެއްޓުމަށް ހުށަހެޅުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށެވެ. އަދި މިފަދަ ކަންކަމުގައި މިހާރުވެސް ކައުންސިލްތަކުން ގޮވާލާ ވަގުތުތަކުގައި ފެނަކައިގެ ޓެކްނިކަލް ބޭފުޅުންގެ އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން