ފްރާންސުން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތު އަވަހާރަވެއްޖެ އެވެ.
ފްރާންސުން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތު މިއަދުގެ ވަގުތެއްގައި އަވާހަރަވީ ވަރަށް ކުއްލިގޮތަކަށެވެ.
ލަންކާގެ ފުލުހުން ބުނީ 53 އަހަރުގެ ޕަކްތެތު އަވަހާރަވެފައި އޮއްވާ ފެނިފައިވަނީ ލަންކާގައި އޭނާ ދިރިއުޅުއްވާ ގެކޮޅުންކަމަށެވެ. އޭނާ އަވަހާރަވިކަން އެނގުނީ ދިރިއުޅުއްވާ ކޮޓަރިން މިއަދު ނިކުމެވަޑައިނުގަތުމުން، ބެލި ބެލުމުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އޭނާ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދައި މައްސަލަ ތަހުގީގު ކުރަން ނިންމައިފައިވާ ކަމަށް ލަންކާ ފުލުހުން ވަނީ ބުނެފައެވެ.
ޕަކްތެތް އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސަފީރު އަވަހާރަވި ހަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއެކު ކަމަށެވެ. އަދި ރާއްޖެއާއެކު އޭނާ ބޭއްވެވި ގާތްގުޅުން އަބަދުވެސް ހަނދާން ކުރައްވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ. ޒަމީރުގެ މެސެޖްގައި
ސަފީރުގެ އާއިލާ އާއި ފްރާންސް އެމްބަސީގެ މުވައްޒަފުންނަށް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު