އަލަށް އިންތިހާބުވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ މާހައުލަށް އަހުލުވެރި ކުރުމަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އިންތިހާބީ މެންބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެފައިވެއެވެ.

އަދި މަޖިލީހުގެ އިދާރާގެ ފަރާތުންވަނީ، މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ކުރިއަށްދާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި މަޖިލީހުގެ އެ ނޫންވެސް މަސައްކަތްތައް ކުރިއަށްދާނެ ގޮތުގެ މައުލޫމާތު އިންތިހާބީ މެންބަރުންނަށް ވަނީ ދީފައެވެ.

މިއަދު ބޭއްވި މި ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު އަސްލަމްގެ އިތުރުން މަޖިލީހުގެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޖުމުލަ 93 މެންބަރުން ހިމެނޭ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިހާބުވި މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން