ލަންކާ އެއަރޕޯޓް
ލަންކާ އެއަރޕޯޓް
ލަންކާ އެއަރޕޯޓްގައި ފުރަންގޮސްހުރި ދިވެއްސަކު ރޭ ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ނިޔާވެފައިވަނީ، ހ. ހަލަވެލިގަސްދޮށުގޭ ޢުމުރުން 60 އަހަރުގެ އަޙްމަދު ރަޝީދެވެ. އަހުމަދު ރަޝީދު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް އެނގިފައި ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާ ފުލުހުން މިއަދު ވަނީ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ވެސް ހަދާފައެވެ.

އަޙްމަދު ރަޝީދުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭގެ މަޣްރިބް ނަމާދަށްފަހު ލަންކާގެ ޖަވައްތަ މިސްކިތުގައެވެ.

ޢާއިލާއިން ވަނީ ލަންކާ ގަޑިން މިރޭ 18:20 ގައި އޮންނަ މި ޖަނާޒާގައި، ލަންކާގައި ދިރިއުޅޭ ވީހާވެސް ގިނަ ދިވެހިން ބައިވެރިވުމަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން