މީގެ ކުރިން ރާއްޖޭގެ ފަޅު ރަށަކަށް އެރުވި ކުއްތާއެއް
މީގެ ކުރިން ރާއްޖޭގެ ފަޅު ރަށަކަށް އެރުވި ކުއްތާއެއް
ކުއްތާއެއް ކ. ތުލުސްދޫއަށް އަރުވައިގެން ފުލުހުން ގޮސް އެ ޖަނަވާރު ބާލައިފި އެވެ.

ފުލުހުން ބުނީ ހިންމަފުށީގެ ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިއަކު ގެންގުޅުނު ކުއްތާއެއް ތުލުސްދޫއަށް ބޭލިކަމުގެ ރިޕޯޓް ކުރި ކަމަށެވެ.

އެހެންވެ ފުލުހުން ގޮސް އެ ކުއްތާ މިހާރު އަނބުރާ ޔޮޓަށް ގެންގޮސްފައިވާ ކަމަށެވެ،

އެ ކުއްތާއަކީ ހުއްދަ ލިބިގެން ރާއްޖެއަށް އެތެރެކުރި ކުއްތާއެއް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ..

މީގެ ކުރިން 2022 ވަނަ އަަހަރުވެސް ރާއްޖޭގެ ފަޅު ރަށަކަށް ކުއްތާއެއް އެރުވި މައްސަލަ ފެންމަތިވި އެވެ.

ރާއްޖޭގެ ގާނޫނުގައި އޮންނަ ގޮތުން ކުއްތާ އެތެރެ ކުރެވޭނީ ލިޔުމަކުން ޑިފެންސް މިނިސްޓްރީގެ ހުއްދަ ލިބިގެން އަދި އެ މިނިސްޓްރީން ކަނޑައަޅާ ގަވާއިދާ އެއްގޮތަށެވެ.

ރާއްޖެ އެތެރެކުން މަނާ އެއްޗެއް ގާނޫނާ ހިލާފަށް އެތެރެކޮށްފި ނަމަ ނުވަތަ އުފައްދައިފި ނަމަ ހަ މަހާއި ދެ އަހަރުގެ މުއްދަތަކަށް ޖަލަށްލުމާ އެކު 5،000ރ - 50،000ރ. ގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން