މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށް އިންތިހާބުތަކުން ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައިވާ މައްސަލަ ދެނެގަތުމަށް ދިރާސާއެއް ކުރާތީ އެކަމަށް އެ ޕާޓީގެ ޗެއަރޕާސަންކަން ކުރިން ކުރައްވާފައިވާ ރީކޯ މޫސާ މަނިކު ފާޑުވިދާޅުވެއްޖެއެވެ.

އިންތިހާބުތަކުން ނާކާމިޔާބުވާ ސަބަބު ދެނެގަތުމަށް ދިރާސާއެއް ކުރަން އެމްޑީޕީން ނިންމާފައިވަނިކޮށް، ރީކޯ މޫސާ މަނިކު މިއަދު އެކްސްގައި ވިދާޅުވީ، އެމްޑީޕީއަށްޓަކައި ކުރަންޖެހޭ އިތުރު ދިރާސާއެއް ނެތްކަމަށެވެ. އަދި ޕާޓީގެ އާންމު މެންބަރުން އެދޭގޮތަށް ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައިހުރި ހުރަސްތައް ނައްތާލުމުގެ މަޝްވަރާތައް ފަށާފައިވާކަމަށް ރީކޯ ވަނީ ވިދާޅުވެފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ކުރިމަތިވި ބޮޑު ބައްޔާއިއެކު އެ ޕާޓީގެ ގައުމީ މަޖިލީހުންވަނީ، އިންތިހާބުތަކުން ބަލިވާ ސަބަބު ބެލުމަށް ހާއްސަ ކޮމެޓީއެއް ހަދައި ދިރާސާތައް ކުރުމަށް ނިންމާފައެވެ. އެގޮތުން މިހާރުވަނީ އާންމު މެންބަރުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން