ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި މިހާރު ހިންގަމުންދާ ސީޕްލޭން ޓާމިނަލް ކައިރީގައި އޮންނަ ޝެރަޓަން ފުލްމޫން ރިސޯޓް އެންޑް ސްޕާއަށް ބަދަލުކުރުމަށް މަޝްވަރާތައް ފަށާފައިވާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިހާރު ހިންގާ ޓާމިނަލް ބަދަލުވެގެންދާނީ ޖެޓް ޓާމިނަލަކަށް ކަމަށެވެ. އަދި އެތަނުގެ މޫދު ހިއްކާފައި އެތާގައި އަޅާނީ ޑޮމެސްޓިކް ޓާމިނަލްކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްގީކުރަން ސަރުކާރުން ކަނޑައަޅާފައިވާ 20 އަހަރުގެ މާސްޓަ ޕްލޭން ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިފްތިތާހުކޮށްދެއްވައިފައެވެ. އެ ޕްލޭންގައިވާގޮތުން ސީޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލުކުރާއިރު މޮނޯރެއިލް ޚިދުމަތުން އެ ތަނާއި އެއާޕޯޓާ ގުޅުވުމަށް ވަނީ ޕްލޭން ކުރެވިފައެވެ.

އޮކްޓޫބަރު 2022 ގައި ހުޅުވި އާ ސީޕްލޭން ޓާމިނަލްއަކީ ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން ޓާމިނަލެެވެ. އެ ޓާމިނަލްގައި 100 އަކަމީޓަރުގެ ވީއައިޕީ ލައުންޖަކާއި އެކު ޖުމުލަ 42 ލައުންޖް ހުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން