ނޭޕާލުގެ ރައްޔިތަކު އެވަރެސްޓް ފަރުބަދައަށް އެންމެ ގިނައިން އެރުމުގެ ރެކޯޑު ހަދައިފިއެވެ.

54 އަހަރުގެ ކަމީ ރިޓާ ޝެރްޕާ ވަނީ އެވަރެސްޓް ފަރުބަދައަށް 30 ފަހަރު އަރާ، އޭނާގެ އަމިއްލަ ރެކޯޑު މުގުރާލާފައެވެ. ކަމީ ރިޓާ އަކީ އެވަރެސްޓް ފަރުބަދައަށް އަރާ މީހުންނަށް މަގުދައްކައިދޭން މަސައްކަތް ކުރާ ގައިޑެކެވެ. އޭނާ އެވަރެސްޓް ފަރުބަދައަށް އެންމެ ފުރަތަމަ އެރީ 1994 ވަނަ އަހަރު ގައެވެ. އޭގެ ފަހުން އޭނާ ވަނީ ކޮންމެ އަހަރަކު އެ ފަރުބަދައަށް އަރާފައެވެ.

އެވަރެސްޓް ފަރުބަދައަށް އަރާލެއް ގިނަކަމުން ގިނަ ބަޔަކު ވަނީ ކަމީ ރިޓާއަށް "އެވަރެސްޓް މޭން"، މި ނަން ވަނަމަކަށް ކިޔާފައެވެ.

ނޭޕާލުގައި ދުނިޔޭގެ އެންމެ އުސް 10 ފަރުބަދަ ތަކުގެ ތެރެއިން 8 ފަރުބަދަ ހިމެނެއެވެ. މީގެ ތެރޭގައި ދުނިޔޭގެ އެންމެ އުސް ފަރުބަދަ އެވަރެސްޓް ވެސް ހިމެނެއެވެ. މި ފަރުބަދަތަކަށް އެރުމަށް ނޭޕާލަށް ދުނިޔޭގެ އެކި ގައުމުތަކުން މީހުން ޒިޔާރަތް ކުރެއެވެ. އެގޮތުން މިއަހަރު އެކަނިވެސް ނޭޕާލުގެ ސަރުކާރުން ވަނީ ފަރުބަދަތަކަށް އެރުމަށް 900 އަށްވުރެ ގިނަ ހުއްދަ ދޫކޮށްފައެވެ.

ވޭތުވެދިޔަ އަހަރު 600 މީހުންނަށް ވުރެ ގިނަ މީހުން ވަނީ އެވަރެސްޓް ފަރުބަދައަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން