ބޮޑެތި އިންފެކްޝަންތަކާއެކު އެޑްމިޓް ކުރާ ބައެއް މީހުން "ޗައިނާ ވައިޓް" ބޭނުންކުރާ ކަމަށް އެއްބަސްވާކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރ މުޙައްމަދު އަލީ ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމުގައިވާ، ފެންޓަނީލް-ލޭސްޑް ޑްރަގްސް ނުވަތަ އާންމުކޮށް ކިޔާ ނަމުންނަމަ ޗައިނާ ވައިޓް، ބައިނަލްއަގްވާމީ މާކެޓުގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާތީ ސަމާލުވުމަށް ދާޚިލީ ވުޒާރާއިން މިރޭ ނެރުނު އިލްތިމާސެއްގައި ބުނެފައިވެއެވެ.

މި އިލްތިމާސާއެކު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. މުޙައްމަދު އަލީ ވިދާޅުވީ ބޮޑެތި އިންފެކްޝަންތަކާއެކު އެޑްމިޓް ކުރާ ބައެއް މީހުން "ޗައިނާ ވައިޓް" ބޭނުންކުރާކަމަށް އެއްބަސްވާކަމަށެވެ. އެގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް މުހިންމު ފިޔަވަޅު ތަކެއް ނާޅައިފިނަމަ މަސައްކަތްތެރި އާބާދީއަށް ނޭދެވޭ އަސަރުތަކެއް ކޮއްފާނެ ކަމަށް ޑރ. މުހައްމަދު ގެ އެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.



ދާޚިލީ ވުޒާރާއިން މިރޭ ނެރުނު އިލްތިމާސެއްގައި ބުނީ، މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމުގައިވާ، ފެންޓަނީލް-ލޭސްޑް ޑްރަގްސް ނުވަތަ އާންމުކޮށް ކިޔާ ނަމުންނަމަ ޗައިނާ ވައިޓް، ބައިނަލްއަގްވާމީ މާކެޓުގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި މިއީ ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދާފައިވާ ނުރައްކާތެރި އެއްޗެއްކަމަށާއި، މި ބާވަތުގެ މަސްތުވާތަކެއްޗަކީ އެ ބޭނުންކުރާ މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ބާރުގަދަ މަސްތުވާ އެއްޗެއްކަަމަށްވެސް ދާޚިލީ ވުޒާރާއިން ބުނެފައިވެއެވެ.

މިކަމާގުޅިގެން ރަސް އޮންލައިންއަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވީ ލިބިފަ ހުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ރާއްޖޭގައި ޗައިނާ ވައިޓް ދައުރުވަމުންދޭތޯ ބަލަން ކުރަން ޖެހޭ ކެމިކަލް ޓެސްޓިންގެ މަރުޚަލާ ކުރިއަށްދާކަމަށާއި، އަދި މިއީ ވަރަށް ނުރައްކާތެރި އެއްޗެށް ކަމަށެވެ. އަދި މިނިސްޓްރީން ނެރުނު އިލްތިމާސް އަކީ ޗައިނާ ވައިޓް، ބައިނަލްއަގްވާމީ މާކެޓުގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވެފައިވުމާއި، މީގެ ނުރައްކާތެރިކަން ބޮޑުކަމުން ސަމާލުވުމަށް އެދި ނެރިފައިވާ ބަޔާނެއްކަމަށްވެސް ލުބުނާ ވިދާޅުވިއެވެ.

މީގެއިތުރުން، މަސްތުވާތަކެތީގެ ޤާނޫނުގައި ސިންތެޓިކް ޑްރަގް ހިމެނިފައި ނުވާތީ މަސްތުވާތަކެތީގެ ޤާނޫނަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، އަދި ފަރުވާގެ ނިޒާމްތައް ހަރުދަނާ ކޮށް ޓެސްޓް ކުރުން ހަރުދަނާ ކުރަން މަސައްކަތް ކުރާ ކަމަށް ލުބްނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން