ހދ. ނެއްލައިދޫގެ މަގު ބައްތިތައް ނުދިއްލޭ މައްސަލަ ހައްލުކުރަން ފެނަކައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

ފެނަކައިން ބުނީ އެ ގޮތަށް އެހީތެރިކަން ފޯރުކޮށްދޭނީ ނެއްލައިދޫ ކައުންސިލްގެ އެދުމުގެ މަތިން ކަމަށެވެ.

އެގޮތުން ބައްތިތައް ނުދިއްލޭ މައްސަލަ ހައްލުކުރަން ފެނަކަ ނެއްލައިދޫ ބްރާންޗުގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މަގު ބައްތިތައް ބަލަހައްޓަމުން ދަނީ ކައުންސިލްތަކުން ނެވެ. އަދި އެކަމާ ގުޅޭ މަރާމާތުތައް ކުރަނީ ވެސް ކައުންސިލްތަކުން ބަޔަކާ ހަވާލުކޮށްގެން ނެެވެ.

ނެއްލައިދޫ ކައުންސިލްގެ ބޭފުޅަކު ވިދާޅުވީ އެގޮތަށް ބަޔަކާ ހަވާލުކޮށްގެން މަސައްކަތް ކުރާތީ ފުދޭ ވަރެއްގެ ހަރަދެއް ކޮންމެ އަހަރަކުވެސް ހިނގާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިފަހުން އެފަދަ ކަންކަމުގައި ފެނަކައިން އެހީތައް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކައިން ބުނީ އެ ކުންފުންޏަކީ ޓެކްނިކަލް ދާއިރާތަކުން ބޭނުންވާ އެހީ ފޯރުކޮށްދިނުމުގައި އަބަދުވެސް ކުރީ ސަފުގަައި ހަރަކާތްތެރިވާނެ ކުންފުންޏެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން