(ވ-ކ) އަޔަލޭންޑްގެ ބޮޑުވަޒީރު ސައިމަން ހެރިސް، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް، ނޯވޭގެ ބޮޑުވަޒީރު ޖޯނަސް.
(ވ-ކ) އަޔަލޭންޑްގެ ބޮޑުވަޒީރު ސައިމަން ހެރިސް، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް، ނޯވޭގެ ބޮޑުވަޒީރު ޖޯނަސް.
ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތްކަން ނޯވޭ، ސްޕެއިން އަދި އަޔަލޭންޑްގެ އިސް ލީޑަރުން މިއަދު އިއުލާންކުރައްވައިފިއެވެ.

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތްކަން އިއުލާންކުރައްވައި ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ވިދާޅުވީ ސަރަޙައްދީ ސުލްޙަ ހޯދުމަށްޓަކައި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުން މުހިންމުކަމަށެވެ.

"މެދުއިރުމަތީގައި ސުލްހައެއް ނޯންނާނެ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައި ނުގަންނަ ނަމަ،" ނޯވޭގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

މީގެއިތުރުން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ ސްޕެއިންގެ ވަޒީރުންގެ މަޖިލީހުން މިހިނގާ މެއި މަހުގެ 28 ވާ އަންގާރަ ދުވަހު ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަންނާނެކަން އިއުލާންކޮށްދެއްވާފައެވެ.



ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެފައިވާކަން މިއަދު އިއުލާންކޮށްދެއްވާ އަޔަލޭންޑްގެ ބޮޑުވަޒީރު ސައިމަން ހެރިސް ވަނީ އެގައުމުގެ މިނިންމުމަކީ ސްޕެއިން އާއި ނޯވޭއާ ގުޅިގެން ނިންމަވާފައިވާ ތާރީޚީ ނިންމުމެއްކަމަށް ވިދާޅުވެފައެވެ.

ނޯވޭ، ސްޕެއިން އަދި އަޔަލޭންޑްގެ ނިންމުންތަކަށް ފަލަސްތީނު ސަރުކާރާއި ހަމާސް ގެ އިތުރުން، އުރުދުނުން އިންވެސް ވަނީ މަރުހަބާ ކިޔާފަ އެވެ.

ނަމަވެސް މިކަމުގެ ރައްދުގައި އިސްރާއީލުން ވަނީ ސްޕެއިން، އަޔަލޭންޑް، އަދި ނޯވޭގައި ތިބި އިސްރާޢީލުގެ މަންދޫބުން އަނބުރާ ގެނައުމުގެ މަސައްކަތް ފަށާފައެވެ. މީގެ އިތުރުން، އިސްރާއީލުގެ ފޮރިން މިނިސްޓަރ ނެރުނު ވަރުގަދަ ބަޔާނެއްގައި، އިސްރާއީލުން ހިމޭން ނުވާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ޔޫރަޕްގެ ޤައުމުތަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެފައިވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަން އިތުރުވެ، ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ ގޮވާލުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން