ބަޔާން މިއުނިކްގެ ފޯވަރޑް ރޮބާޓް ލެވަންޑޯސްކީ
ބަޔާން މިއުނިކްގެ ފޯވަރޑް ރޮބާޓް ލެވަންޑޯސްކީ
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ލެގުގައި ރޭ ޗެލްސީ ބަލިކޮށް ބަޔާން މިއުނިކުން ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މެޗުން ޗެލްސީގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 1-4 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ބަޔާނުން ފުރަތަމަ ފަހަރަށް ލީޑު ނެގީ 10 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީއަކުން ރޮބާޓް ލެވަންޑޯސްކީ އެވެ. ޔޫރަޕުގެ ރަން ބޫޓުގެ ރޭހުން ދެވަނަ ހޯދި ލެވަންޑޯސްކީގެ މި ގޯލާ އެކު ޗެލްސީއަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް ބަޔާނަށް ލީޑު ފުޅާ ކޮށްދިނީ އީވާން ޕެރިސިޗް އެވެ. މި ހާފްގައި ޗެލްސީއަށް ފަރަގު ކުޑަ ކޮށްދިނީ 44 ވަނަ މިނަޓުގައި ޓެމީ އަބްރަހަމް އެވެ.

ދެވަނަ ހާފުގައި ބަޔާންގެ ގޯލްތައް ކާމިޔާބުކޮށްދިނީ، ކޮރެންޓިން ޓޮލީސޯއާއި ލެވަންޑޮސްކީ އެވެ. މި މޮޅާ އެކު އަންނަ ހުކުރު ދުވަހުގެ ރޭ ޕޯޗުގަލްގެ ލިސްބަންގައި ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާ ފައިނަލު މެޗަށް ބަޔާން ދަތުރު ކުރީ ފުރަތަމަ ލެގުގައި ޖެހި ތިން ގޯލާ އެކު 1-7 ގެ އެގްރިގޭޓަކުންނެވެ.

ކުއަރޓަރ ފައިނަލްގައި ބަޔާން އާއި ދެކޮޅަށް ނުކުންނާނީ ރޭ ނަޕޯލީ އަތުން މޮޅުވެ 2-4 ގެ އެގްރިގޭޓަކާ އެކު ކުއާޓާއަށް ދަތުުރު ކުރި ސްޕެއިނުގެ ބާސެލޯނާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން