އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނުރައިން ޖަނާހު އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރަސްމީ އެއްވެސް ފަރާތަކުން މިކަން ހާމަކޮށްފައި ނުވިނަމަވެސް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނުރައިން އިސްތިއުފާ ދެއްވީ މިރޭގެ ވަގުތެއްގައެވެ.

ނުރައިންއަކީ ​މިދިޔަ އަހަރުގެ ޑިސެންބަރު 27 ގައި އެ މަގާމަށް އައްޔަނުކުރި ބޭފުޅެކެވެ.

ނޫރައިން މަގާމުން އިސްތިއުފާ ދެއްވާފައި ވާއިރު ޓްރެވެލް އެވޯޑްސްގައި ރާއްޖެއަށް ލިބުނު ފަހުރުވެރި ވަނަތަކާއިއެކު އިނގިރޭސި ބަހުން އޭނާ ދެއްވި އިންޓަވިއު ދިވެހީންގެ މެދުގައި ބޮޑު ސަމާލުކަމެއް ހޯދާފައިވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު