ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި މައިންބަފައިންނާއި ދޮށީ އުމުރުގެ މީހުން ބަލަމުން ގެންދާ ފަރާތްތަކަށް އިތުރު ޕޮއިންޓް ލިބޭނެ ގޮތަށް އުސޫލެއް ކަނޑައެޅުމަށް އާދިއްތަ ދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ކެބިނެޓް ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީން ހުށަހެޅި ކަރުދާހުގެ މައްޗައް ބިނާކޮށްފައެވެ. މި ނިންމެވުމާއިއެކު ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ވެގެންދާނެއެވެ. އަދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ސޯޝަލް ހައުސިން އާ ބެހޭ ބިލުގައި ވެސް ވަނީ ހިމަނާފައެވެ.

ސޯޝަލް ހައުސިން އާ ބެހޭ ބިލުގައި ވާގޮތުން ބޯހިޔާވެހިކަމަށް އިސްކަން ދޭނީ އުމުރުން ދުވަސްވީ، ބަލި ހާލަތު ދަށް ޑިޕެންޑެންޓެއް ބަލަމުންދާ ފަރާތްތައް، ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތައް، ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތައް، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ބަލަދުވެރިން ނުވަތަ ބަލަމުން އަންނަ މީހެއް، ބޮޑު ބައްޔެއް ތަހައްމަލް ކުރަމުންދާ މީހެއް އަދި ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންދާ މީހުންގެ ޑިޕެންޑެންޓެއް ބަލަމުންދާ މީހުނަށެވެ.

މި ސަރުކާރުން އިސްރައްވެހިންނަށް އަމާޒުކޮށް ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފައިވާއިރު އެ ސިޔާސަތުގެ ދަށުން މާލޭގައި އިސްރަށްވެހީންގެ ނާދީގެ ނަމުގައި ޚާއްޞަ މަރުކަޒެއްވެސް ވަނީ ހުޅުވާފައެވެ. އަދި އާދީއްތަ ދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި ވަނީ އިސްރަށްވެހިންގެ ހިޔާވަހި އައްޑޫގައި ބިނާކުރުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން