"އެޑްވާންސް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ކޯސް" އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ފަށައިފިއެވެ.



މި ކަމަށް ޓަކައި މޭ 20 ވަނަ ދުވަހު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދުއެވެ. މި ރަސްމިއްޔާތުގައި ސްރީލަންކާ އަރމީ އިންޖިނިއަރސްގެ ހެޑް އޮފް ޓްރެއިނިންގ، ލެފްޓިނެންޓް ކާނަލް ޗަމިކަ ޖާގޮޑަގެ އިތުރުން ކޯހުގެ އިންސްޓްރަކްޓަރުން ބައިވެރިވެލެއްވިއެވެ.



އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި 27 ސިފައިން ބައިވެރިވެފައިވާއިރު، މި ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތްކުރައްވަނީ މި ދާއިރާގެ ތަޖުރިބާ ލިބިފައިވާ ސްރީލަންކާ އަރމީ އިންޖިނިއަރސްގެ އިންސްޓްރަކްޓަރުންނެވެ.



އެޑްވާންސް އީއޯޑީ ކޯހަކީ، ލެވެލް 3 ގެ ފެންވަރު ކޯހެކެވެ. މި ކޯހުގައި ކޮންވެންޝަނަލް އެމިއުނިޝަން ޑިސްޕޯސަލްއާއި، އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލްއާއި، އެކިކަހަލަ ނުރައްކާތެރި ހަޒާޑަސް އެއްްޗެހި ރަައްކާތެރިގޮތުގައި ނައްތާލުމާއި، އެކިކަަހަލަ ނުރައްކާތެރި ތަކެތި ދެނެގަނެ ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ ޢިލްމާއި ހިލްމު އެޑްވާންސް ފެންވަރަށް އުނގަންނައިދެވޭނެއެވެ.



އެމްއެންޑީއެފްއާއި ސްރީލަންކާ އަރމީ ގުޅިގެން ހިންގާ މި ކޯހުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް އަސްކަރީ އެއްބާރުލުން ހަރުދަނާކޮށް، ދެ ޤައުމުގެ މެދުގައި ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން