ހައްލާލާއިގެން ފޭސް ދޭއްގެ އެޕާޓްމެންޓަކަށް މީހުން ގެންގޮސް ފޭރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ އެކި ވާހަކަ ދައްކައިގެން ހުޅުމާލޭގެ ފޭސް ދޭއްގެ ޓަވަރެއްގެ އެޕާޓްމަންޓަކަށް މީހުން ގެންގޮސް ފޭރޭ މައްސަަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަަމަށް ވެސް ފުލުހުން ބުނެއެވެ.

ނަމަވެސް އެއްވެސް މީހަކު އެ މައްސަލައިގައި ހައްޔަރުކުރިކަމެއް ފުލުހުން ނުބުނެއެވެ.

ކާކުކަން ނޭނގޭ ގޮތަށް މިގޮތަށް ތަންތަނަށް ދާން މީހުން އެދުނަސް އެގޮތަށް ނުދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ ކުރިން ވެސް އޮޅުވާލައިގެން މީހުން ތަންތަނަށް ގެންގޮސް ފޭރޭ މައްސަލަތައް ފެންމަތިވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން